24 ފެބުރުއަރީ 2022
މާލެ އާއި ވިލިމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ބޭނުންވާތީ، އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން އިންވެސްޓަރުންނަށް ހުޅުވައިލައިފި އެވެ.
މާލެ އާއި ވިލިމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ބޭނުންވާތީ، އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން އިންވެސްޓަރުންނަށް ހުޅުވައިލައިފި އެވެ.
އެ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ، ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ މާލެ އާއި ވިލިމާލޭގައި ހިންގަން ކަނޑައަޅާފައިވާ ތަރައްގީގެ ޕްރޮގްރާމްތަކަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދޭށެވެ.
ތަފާތު 11 މަޝްރޫއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ ވިލިމާލޭގައި ހިންގަން ނިންމާފައިވާ 500 ކައުންސިލް ހައުސިން ޔުނިޓެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ، އެ ތަނުގައި އިމާރާތް ކުރާނީ އެކި ވަސީލަތްތަކާއެކު 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ކަމަށެވެ. އެ އިމާރާތުގެ ތަފުސީލް ކުރެހުމެއް އަދި ނުނިންމަ އެވެ.
ވިލިމާލޭގައި އިމާރާތްކުރާ ކޮމާޝަލް ބިލްޑިންގްތަކުގެ ސަބަބުން ހެޔޮ އަގެއްގައި ތަކެތި ލިބުމަށް މަގުފަހިވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލްގެ އޮފީހުގެ އާ އިމާރާތް ތައިސޭ ކޮށީގައި އަދި މާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އޮފީސް އިމާރާތެއް ހެދުމަށާއި ހޯލްސޭލް ސެންޓަރަކާއި މާލެ އާއި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އެ ކަންކަމާއެކު، ޕާކިން ބިލްޑިންގަކާއި އައުޓްޑޯ ފުޑް ކޯޓް އަދި ވިލިމާލޭގައި ވޯޓަ ސްޕޯޓްސް ސަރަހައްދަކާއި ވިލިމާލޭގައި ކުޑަކުދިންގެ އައުޓްޑޯ ޕާކެއް ތަރައްގީ ކޮށްދިނުމަށް ވެސް ހުޅުވައިލި އެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް ވިލިމާލޭގައި ހަދަނީ
ވިލިމާލެ ބީޗް، ޕިކްނިކް ސަރަހައްދަކަށް ބަދަލުކުރަނީ
ކަނބާއައިސަރަނިހިނގުމުގައި ވެސް އިންދީ އަނބުގަހެއް!
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު
ޕޯޓު އަޅާފައި ވެސް ގުޅީފަޅުން ގޯތި ދެވޭނެ: މުއިއްޒު
ވިލިމާލޭގައި އީބައިކް ނިޒާމެއް ޓެސްޓުކުރަން ހުށަހަޅައިފި