Roadha Mihaaru
އުރީދޫ އަތޮޅު ދުވުން ފުރިހަމަކުރަން އިތުރު ހަފުތާއެއް

އުރީދޫ އަތޮޅު ދުވުން ފުރިހަމަކުރަން އިތުރު ހަފުތާއެއް

09 އޯގަސްޓް 2021

އުރީދޫ އިން މި މަހުގެ އެއްވަނަ ދުވަހު ފެށި އަތޮޅު ދުވުން ފުރިހަމަ ކުރުމަަށް އިތުރު ހަފުތާއެއް ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫ އިން މި މަހުގެ އެއްވަނަ ދުވަހު ފެށި އަތޮޅު ދުވުން ފުރިހަމަ ކުރުމަަށް އިތުރު ހަފުތާއެއް ދީފި އެވެ.

އެ ކުންފުނިން ކުރިން ބުނެފައިވާގޮތުގައި މި ދުވުމުގެ މުއްދަތަކީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އުރީދޫން ބުނީ ދުވުމުގެ މުއްދަތު މި މަހުގެ 14 ގެ ނިޔަލަށް އިތުރުކުރީ ސްކޫލް ބަންދާ ދިމާވުމާއި މޫސުން ގޯސްވުމުގެ ސަބަބުން ދުވުން ފުރިހަމަ ނުކުރެވޭތީ ގިނަ ބަޔަކު މުއްދަތު އިތުރުކޮށްދޭން އެދިފައިވާތީ ކަމަަށެވެ.

ދުވުމުގެ މުއްދަތުގެ އިތުރުން ދުވުމުގެ ބައިވެރިންނަށް ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އެ ކުންފުނިން ވަނީ އިތުރު ކޮށްފަ އެވެ. ދުވުމުގެ ފޮޓޯ އާއި ދުވުން ފުރިހަމަކުރި މެޑަލް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު ވެސް މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާކުރާ ދުވުންތެރިންގެ ތެރެއިން ދެ މީހަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭނެ އެވެ. މެޑަލް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިއަކަށް ރޭޖް–ހީޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާކިޗެން އިން ޕިއްޒާ ނުވަތަ ލެ ޕާފިއުމްގެ ގިފްޓް ޕެކެއް ލިބޭނެ އެވެ.

އަތޮޅު ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކް ކުރެވޭނެ އެވެ. ދުވުން ނިންމާފައިވާ “ރަން ރޫޓް”ގެ ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބޭ ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ.