27 ނޮވެމްބަރ 2016
ރާއްޖޭގެ އެއާޕޯޓުތަކުން މޫސުމާބެހޭ މައުލޫމާތު ލިބޭނެ ސްޓޭޝަންތައް ގާއިމްކުރުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އާއި އެއާޕޯޓް ހިންގާ ކުންފުނިތަކުން މިއަދު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން މޫސުމާބެހޭ މައުލޫމާތު ލިބޭނެ ސްޓޭޝަންތައް ގާއިމްކުރުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އާއި އެއާޕޯޓް ހިންގާ ކުންފުނިތަކުން މިއަދު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ހަފުލާގައި މެޓް އޮފީހުން ވަނީ ހަ ކުންފުންޏަކާ އެކު އެއްބަސްވުން ގާއިމްކޮށްފަ އެވެ. އެ އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
މެޓް އޮފީހުން އެއްބަސްވުން ގާއިމްކުރި ކުންފުނިތަކަކީ، އައިލެންޑް އޭވިއޭޝަން ސާވިސަސް، ރީޖަނަލް އެއާޕޯޓްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު، ޕްރިސްޓީން އައިލޭންޑްސް އިންވެސްޓްމަންޓް، ވިލާ އެއާ އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏެވެ. މި ކުންފުނިތަކުގެ ތެރެއިން ވިލާ ޝިޕިން ކުންފުނިން އދ. މާމިގިލީ އެއާޕޯޓު ހިންގާއިރު ވިލާ އެއާ އިން ހިންގަމުން އަންނަނީ ކާޑެއްދޫ އެއާޕޯޓެވެ. ޕްރިސްޓީން އައިލޭންޑްސް އިން ހިންގަމުން އަންނަނީ ގއ. ކޫއްޑޫ އެއާޕޯޓެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސް ވެރިންނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މޫސުމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ސިސްޓަމަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ސިސްޓަމްތަކެއް ކަމަށެވެ. އެގޮތުން މިއަދު އެއްބަސްވުން ގާއިމްކުރި ހަ ކުންފުނީގެ ސަބަބުން 11 އެއާޕޯޓެއްގައި، ރާއްޖޭގެ މޫސުން ވަގުތުން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މޫސުމާބެހޭ ހިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
އެންމެ ގިނައިން ވާރޭވެހެނީ ދެކުނުގެ ރަށްތަކަށް: ރިޕޯޓް
މޫސުމާ ގުޅޭ މައުލޫމާތު ލިބޭ އެޕެއް ލޯންޗުކޮށްފި
20 ރަށެއްގެ ނަރުދަމާ އެއްބަސްވުން ބާތިލު:އޭސީސީ
ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި
20 ރަށެއްގެ ނަރުދަމާއަށް 800 މިލިއަންގެ މަޝްރޫއެއް