02 އޯގަސްޓް 2021
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފި އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހު އެކަކާ ހަމަ އަށް އިތުރު ކުރަން ނިންމެވީ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމާލަން ނިންމިއިރު، ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިހާރު ކޭސްތައް އެންމެ ގިނައީ ރަށްރަށުގަ އެވެ. ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ ހިމެނެ އެވެ. މިހާރު ވެސް 13 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.
ކޭސްތައް ދަށްވާން ފެށުމުން ސަރުކާރުން ދިން ލުއިތަކާ އެކު ވެކްސިން ފުރިހަމަ ކުރުމަށް ފަހު، މޮނީޓަރިންގައި ނެތް ރަށްތަކަށް ކަރަންޓީންނުވުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް ވަނީ ހުއްދަ ދީފަ އެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ލުއިތައް ދީފައި ވެ އެވެ. އަދި އިތުރު ލުއިތަށް ދިނުމަށް ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް މި މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ދިނުމަށް ސަރުކާރުން އަމާޒު ހިފާފައިވާ އިރު، މިހާރު 268،244 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. މިއީ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހާ ހަމައަށް
ސިއްހީ ނުރައްކަލުގެ ހާލަތު ޖޫން 3 އާ ހަމައަށް
ސިއްހީ ކުއްލި ހާލަތު ދަމަހައްޓައިފި
އެޗްޕީއޭ ހިންގަނީ މިނިސްޓަރު އަންގަވާ ގޮތަށް: މައިމޫނާ
ޓެގް ޓީމުން ވަނީ އެޗްޕީއޭ ހިސޯރުކޮށްފައި: ބޮންޑޭ
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި
ރަށްރަށުން ހަރުކަށިކޮށް އަމަލު އެބަކުރޭ: މައިމޫނާ
ލޮކްޑައުން އުވާލެވޭ ހާލަތަކަށް އަދި ނާދޭ: އަމީން