Roadha Mihaaru
ސިއްހީ ކުއްލި ހާލަތު ދަމަހައްޓައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

04 އެޕްރީލް 2021

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރާއްޖެއިން ކޮވިޑް ފެނިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާން ކުރީ މާޗު 12، 2020 ގަ އެވެ.

އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ އޮތް އިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އަންނަ މަހުގެ 4 އާ ހަމަޔަށް ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ސަރުކާރުން ނިންމި ނަމަވެސް މާލެ ސަރަހައްދުގައި ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ ލުއިކޮށްދީފަ އެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ކޮންމެ ދުވަހަކު ވެސް އުޅެނީ 100 އިން މަތީގަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން 24،651 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 3،063 މީހުންނަކީ މި ވަގުތު ކޮވިޑް-19 ޖެހިފައިވާ މީހުންނެވެ. އަދި މި ވަގުތު ކޮވިޑްގެ ކޭސްތައް މާލެއަށް ވުރެ އަތޮޅުތަކުގައި ގިނަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 67 މީހުން ވަނީ މަރުވެފަ އެވެ.