01 އޯގަސްޓް 2021
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހާޒިރުވާން އެންގީ އެ ކޮމިޝަން ފެއިލްވުމުން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ލީޑް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހާޒިރުވާން އެންގީ އެ ކޮމިޝަން ފެއިލްވުމުން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ލީޑް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް މިހެން ވިދާޅުވީ އަންނަ އަންގާރަ ދުވަހަށް މަރު ކޮމިޝަނަށް ހާޒިރުވާން ޔާމީނަށް އެންގެވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
މަރު ކޮމިޝަން "ކުއްލިއަކަށް ހޭލައިފި" ކަމަށް ވިދާޅުވެ ކުރެއްވި އެ ޓްވީޓުގައި ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ނިޔަތަކީ އެކި ގޮތްގޮތުން ޔާމީނަށް އަނިޔާވެރިވުން ކަމަށެވެ. އަދި ކޮމިޝަން ފެއިލްވެ ރައްޔިތުން އެކަމާ ގުޅިގެން ސުވާލުކުރަން ފެށުމުން އައްޑަނައަކަށް ހެދީ ޔާމީން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކޮމިޝަނަށް ޔާމީން ހާޒިރުކުރަނީ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.
ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅި ކަމަށް ވެސް ވާހަކަ ދެއްކެވުނެވެ. އެކަމަކު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޔާމީން ތަހުގީގަށް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.
ރިލްވާންގެ މައްސަލައާ މީގެ ކުރިން ކޮމިޝަނުން ހާމަކޮށްފައި ވަނީ ރިލްވާން ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.
ޔާމީން ތުހުމަތުތަކަށް އިންކާރު ކުރެއްވި: ވަކީލުން
ޔާމީނާ ކުރަނީ އެނގޭ ކަމަށް ބެލެވޭ ކަންކަމާ ގުޅޭ ސުވާލު
"ރިލްވާންގެ މައްސަލާގައި ހެކިބަސް ދޭން ޖެހިލުންވޭ"
ރިލްވާންގެ މައްސަލާގައި ޔާމީން ވާހަކައެއް ނުދެއްކެވި
ރިލްވާން ގެއްލުވާލި މައްސަލާގައި ޔާމީނާ ސުވާލުކުރަނީ
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
ރިލްވާނަށް އިންސާފު ހޯދުން ހުއްޓައެއް ނުލާނެ: ރައީސް
ރިލްވާން މައްސަލައިގައި ދައުވާކުރަން ޕީޖީ އަށް ފޮނުވަނީ
ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!