Roadha Mihaaru
މިނިސްޓަރު އިމްރާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މިނިސްޓަރު އިމްރާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

30 ޖުލައި 2021

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިމްރާން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

އިމްރާން ކޮޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ވެސް އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.

މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިިސަލް ނަސީމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.