08 މާޗް 2021
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސިއްހީ ޚިދުމަތްތެރިންގެ އަދަދު މަދުވެ، އެ މީހުން ވަރުބަލި ވަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) އިން ރޭ ބުނެފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސިއްހީ ޚިދުމަތްތެރިންގެ އަދަދު މަދުވެ، އެ މީހުން ވަރުބަލި ވަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) އިން ރޭ ބުނެފި އެވެ.
އެޗްއޯއީސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ ހުސައިން ވިދާޅުވީ މިދިޔަ އަހަރު ކޮވިޑް-19 ގެ ހާލަތު އައުމާ އެކު، ބޭރުގައި ކިޔަވަން ތިބި ގިނަ އަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ރާއްޖެއަށް އައިސް އެހީތެރިވަމުންދިޔަ ކަމަށެވެ. އެކަމަކު މިހާރު ގިނަ ގައުމުތަކުގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމާ އެކު، އެފަދަ ގިނަ ޑޮކްޓަރުން އެނބުރި ގޮސްފައި ވާތީ ސިއްހީ ޚިދުމަތްތެރިންގެ އަދަދު މަދު ވިޔަސް، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ޚިދުމަތްތެރިން ތިބީ ވަރުބަލި ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އައި ބާޑެން. ޕޮޒިޓިވްވާ މީހުންނާއި ބަލިވާ މީހުންގެ އަދަދު ވަކި މަދެއް ނުވޭ. އެހެންވީމަ ސިއްހީ ޚިދުމަތްތެރިންނާއި އަދި މިކަމުގައި މި އުޅޭ އެހެން ބޭފުޅުން ވެސް މިހާރު ވަނީ ވަރަށް ވަރުބަލިވެފައި." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ނޫނަސް، ބައެއް މީހުންގެ ފުއްޕާމެއިން ނިއުމޯނިއާގެ އަސަރު މިހާރަކަށް އައިސް ފެންނަމުންދާ ކަމަށެވެ. އަދި ބޮޑެތި މީހުން ވީހާ ވެސް އަވަހަކަށް އެ ވެކްސިން ޖެހުން މުހިންމު ކަމަށާއި އެ ބަލި ޖެހުމުން ކުރިމަތިވާ ބޮޑެތި ނުރައްކާތައް ވެކްސިންގެ ސަބަބުން ކުޑަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައިރިސްކް މީހުން ބޮޑަށް ސީރިއަސް ވެގެން މިދަނީ. އެކަމަކު ވެކްސިން ޖެހީމަ މި ބައި ވަރަށް ބޮޑަށް ކުޑަވެގެން އެބަދޭ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ އާ ވޭރިއެންޓްތަކެއް އުފެދެމުން އަންނާނެ ކަމަށާއި އެއަށް ރައްކާތެރިކަން ލިބޭނީ ވެކްސިނުން ކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖެއިން ވެކްސިން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
މިނިސްޓަރު އިމްރާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ
ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ އަދި ނުލިބޭނެ
ކަރަންޓީން ނިމުމުން ދެން ލިޔުމެއް ނުދޭނެ: އެޗްޕީއޭ
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ވެކްސިނުން ބޮޑު ސައިޑްއިފެކްޓެއް އަދި ނެތް: އެޗުޕީއޭ