01 އޯގަސްޓް 2021
މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ބޮޑު އެއް ކުޅި ކަމަށްވާ ކުޅުދުއްފުށީ ކުޅީގެ މެދުން ހިއްކައިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓު އެޅުމުން އެތަނުގެ ވެއްޓަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކުޅީގެ ހިތްގައިމު މާހައުލުން އުފާވެރިކަން ހޯދަން ބޭނުންވި މަދު ޒުވާނުންގެ ބަހަށް ނުބަލައި އެތަނުގެ މެދުން އެއާޕޯޓު އެޅުމުން އެތަން މިހާރު އޮންނަނީ ދެ ބަޔަށް ބެހި، ވަކި ވެފަ އެވެ.
މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ބޮޑު އެއް ކުޅި ކަމަށްވާ ކުޅުދުއްފުށީ ކުޅީގެ މެދުން ހިއްކައިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓު އެޅުމުން އެތަނުގެ ވެއްޓަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކުޅީގެ ހިތްގައިމު މާހައުލުން އުފާވެރިކަން ހޯދަން ބޭނުންވި މަދު ޒުވާނުންގެ ބަހަށް ނުބަލައި އެތަނުގެ މެދުން އެއާޕޯޓު އެޅުމުން އެތަން މިހާރު އޮންނަނީ ދެ ބަޔަށް ބެހި، ވަކި ވެފަ އެވެ.
ކުޅި ދެ ބަޔަށް ބެހުމުން އެތަނަށް ކުރިން ފެން ދައުރުވި ގޮތްތައް ބަންދުވެ އެތަނުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރި އެވެ. ފެންގަނޑުގައި އުޅޭ މަސްތައް ވެސް މަރުވެ ފެން މައްޗަށް އަރައި ކުނިވި އެވެ. އޭރު އެތަނުން ނުބައި ވަސް ދުވާތީ، އެތަން އެހެން ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ބާކީ އޮތް ބައި ވެސް ހިއްކަން ރަށުގެ ބައެއް މީހުން ވަަނީ އެދިފަ އެވެ. އެކަމަކު ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ޖަމިއްޔާތަކުން ދިޔައީ އެތަނުގެ ބާކީ އޮތް ބައި ވެސް ހިމާޔަތްކުރަން ގޮވާލަމުންނެވެ.
ކުޅުދުއްފުއްޓަކީ ބިމުގެ ދަތިކަން ހައްލު ކުރަން ކުޅި އަދި ޗަސްބިން ހިއްކުމުގެ މާޒީއެއް އޮތް ރަށެކެވެ. އެއާޕޯޓު އަޅަން އެ ރަށުގެ ބޮޑު ކުޅި ހިއްކުމުގެ އެތައް އަހަރެއް ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ކުރިން ވެސް އެ ރަށުގެ ދެކުނުގައި އޮތް ކުޅިއެއް އެކީ ހިއްކައި އެ ސަރަހައްދުގައި ވަނީ އިމާރާތް ކޮށްފަ އެވެ. އެ ރަށުގެ ދެކުނު ފަރާތުގައި ސްކޫލަކާއި ސްޓޭޑިއަމް ވެސް އަޅާފައި ވަނީ ކުރިން އެ ގޮތަށް ހިއްކި ސަރަހައްދެއްގަ އެވެ. އޭގެ އިތުރުން ދެކުނު ފަރާތުގައި އޮތް ޗަކަ ބިމުގެ ބަޔަކަށް ކުނި އަޅައި އެ ސަރަހައްދު ވެސް ވަނީ ނައްތާލައިފަ އެވެ.
ހދ. ކުޅުދުއްފުށި 1969 ވަނަ އަހަރު: އެ ރަށުގެ ދެކުނު ފަރާތުގައި ކުރިން ހުރި ޗަސްބިން ހިއްކައިގެން ވަނީ އެތަނުގައި ވަނީ އިމާރާތްކޮށްފައި --
މިހާރު ކުޅުދުއްފުއްޓަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ރަށު ކައުންސިލުން ވަނީ އެކަން ހައްލު ކުރަން އެ ރަށް ކައިރީގައި އޮންނަ ކުނބުރުދޫ ނުވަތަ ކޭލަކުނު ރަށުގެ އިހްތިސާސް ތެރޭގައި ހިމަނަން އެދިފަ އެވެ. ނަމަވެސް، ބިމުގެ މައްސަލަ ހައްލު ކުރަން ކުޅީގައި އަތް ލުމުގެ ވިސްނުން މިހާރަކު ނެތެވެ.
ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު މުހައްމަދު އާތިފް "މިހާރު" އަށް ވިދާޅުވީ، ކުޅި ހިއްކުމުގެ ވިސްނުން ކައުންސިލުން އެއްވެސް ގޮތަކަށް ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅީގެ ބާކީ ބައި ހިއްކުމަކީ ރަށުގެ ވަރަށް މަދު ބަޔަކު ގެންގުޅޭ ހިޔާލެކެވެ.
އޭނާ ވިދާޅުވީ، ކުޅި އެއާޕޯޓާ މާ ކައިރީގައި ހުރުމުން އެތަން ހިއްކިޔަސް އުސްކޮށް އިމާރާތް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ޗަސްބިމެއް ހިއްކުމުން ކުރިމަތިވާނެ ދަތިތައް ވެސް ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ މަށި ކުޅިއަކީ ވަރަށް ހާއްސަ ތަނެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ކައުންސިލުގެ ވިސްނުން ހުރީ ކުޅީގެ ބާކީ އޮތް ބައިގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމަށް ކަމަށެވެ. ކުޅުދުއްފުށީ މަށި ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅި އެވެ.
"ހުދު މަށި ހުންނަ ކުޅިތައް ވަަރަށް މަދު. ކުޅި ހިއްކުމަށް ވުރެ އެތަނުން އެހެން ނަފާއެއް ރައްޔިތުންނަށް ހޯދޭނެ ގޮތަކަށް އެ ސަރަހައްދު ތަރައްގީ ކުރެވިއްޖެއްޔާ މާ ބޮޑު ފައިދާއެއް ކުޅުދުއްފުށީ ރައްޔިތުންނަށް ލިބޭނެ. ނޭޗާ ޕާކެއް ފަދަ ތަންތަން ތަރައްގީ ކުރުމަށް އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އެ ތަނަށް،" އާތިފް ވިދާޅުވި އެވެ.
އެއާޕޯޓު އެޅުމުން ކުޅުދުއްފުށީ ކުޅި ދެބައިވެފައި: މިހާރު އެތަނުގައި ނޭޗާ ޕާކެއް އަޅަން ވަނީ ނިންމާފައި --
އެތަން ތަރައްގީ ކުރާނީ ރައްޔިތުންނަށް ހިތްފަސޭހަކޮށްލަން ދެވޭ މައިޒާނެއްގެ އިތުރުން ފަތުރުވެރިކަމުން ވެސް ރަށަށް ފައިދާވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް މަންފާވާނެ ގޮތަށް އަދި ރައްޔިތުންނަށް ހިތްފަސޭހަ މައިޒާނަކަށް ވާނެ ގޮތަކަށް އެކަހަލަ ބަދަލު ކުރަން. ޓޫރިޒަމްގެ ނަފާ ހޯދަން ބެލިކަމުގައި ވީނަމަވެސް ފަތުރުވެރިންގެ ޝައުގުވެރިކަން ވެސް ލިބޭނެ ކަހަލަ ތަނަކަށް ބަދަލު ކުރުމުގެ ވިސްނުން ހުރީ،" އާތިފް ވިދާޅުވި އެވެ.
އެއާޕޯޓު މަޝްރޫއުގެ ސަބަބުން މިހާރު ވެސް ކުޅީގެ ފެނުގެ މައްސަަލަ ހުންނަކަން ފާހަގަކުރައްވައި އާތިފު ވިދާޅުވީ، އެކަން ހައްލު ކުރަން އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މީގެ ކުރިން ސޭވް މޯލްޑިވްސް އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ބޭރުން މެންގްރޫވް މާހައުލުތަކާ ބެހޭ ސައިންޓިސްޓުންތަކެއް ގެންގޮސްގެން އެތަނުގެ ފެނުގެ އިތުރުން އެހެނިހެން ތަހުލީލުތަކެއް ހެދިޔަސް އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައި ނުވެ އެވެ.
ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން ގޮވާލި އެއް ފަރާތަކީ ސޭވް މޯލްޑިވްސް ކެމްޕޭނެެވެ. މިހާރު ކުޅީގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭތީ ސޭވް މޯލްޑިވްސްއިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އެ ކެމްޕޭންގެ ފަރާތުން ހުމެއިދާ އަބްދުލްޣަފޫރު (ހުމޭ) ވިދާޅުވީ، ކުޅިއަކީ ރަށުގެ ދިފާއަކަށް ވާއިރު، އެތަނުގައި ނޭޗާ ޕާކެއް އަޅަންވާނީ އެތަން ހިމާޔަތްކޮށް، ރަށަށާއި، ރަށުގެ ރައްޔިތުންނަށް ވެސް މަންފާ ވާނެ ގޮތަށް ކަމަށެވެ.
"ނޭޗާ ޕާކެއް ހަދާ އިރު އިތުރަށް އެތަނަށް ގެއްލުން ނުވާނެ ގޮތަކަށް އަދި، އެތަނުގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް، އަދި މުޅި ކޮމިއުނިޓީއަށް ބޭނުން ކުރެވޭނެ ގޮތަކަށް ތަރައްގީ ކުރުން މުހިންމު،" ހުމޭ ވިދާޅުވި އެވެ.
މޭޔަރު އާތިފް ވިދާޅުވީ، ޕާކު ތަރައްގީ ކުރާނީ، ކުޅި ހިމާޔަތްވާ ގޮތަށް ކަމަށެވެ.
ކުޅުދުއްފުށި ކުޅި: އެތަން ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: ސޭވް މޯލްޑިވްސް
ކުޅުދުއްފުށި އެކަމަކަށް މަޝްހޫރުވެފައިވާ ރޯނު ވެށުމުގެ މަސައްކަތަށް ބޮނބި ފާ ކުރަން ގިނަ ބަޔަކު މަށި ކުޅި ބޭނުން ކުރެ އެވެ. ހުމޭ ވިދާޅުވީ، ޕާކެއް އަޅާއިރު ބޮނބި ފާ ކުރުން ފަދަ ބައެއް މީހުން އާމްދަނީ އަށް ކުރާ މަސައްކަތްތައް ވެސް ނުހުއްޓޭނެ ގޮތަށް އެކަން ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅީގެ އިތުރުން ރާއްޖޭން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ. މި ފަހުން ރާއްޖެއިން ފެނުނު އައިޔޫސީއެން ރެޑް ލިސްޓުގައި ހިމެނިފައިވާ ބްރުގޭރިއާ ހެއިނަސީ (ކެލަވަކި) ގަސްތައް ވެސް އެ ރަށުގެ ކުޅީގެ ސަރަހައްދުގައި ހެދިފައި ހުރެ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ކުޅިއަކީ ރަށްރަށުގެ ގުދުރަތީ ފެން ހިންދާ ނިޒާމުތަކުގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ. ކުޅުދުއްފުށީގައި ކުޅި އޮތުމަކީ ވިއްސާރަ ދުވަސްވަރު ކުޅި ކައިރީގައިވާ ސަރަަހައްދުގައި ފެންބޮޑުނުވާ ސަބަބެއް ކަމަށް ވެ އެވެ. އެއީ ރަށު ތެރޭގައި އުފެދޭ ފެން އެތަނަށް ފައިބައިގެންދާތީ އެވެ.
އޭގެ އިތުރުން، ކުޅިއަކީ ސުނާމީ އާއި އެހެން ވެސް ގުދުރަތީ ކާރިސާތަކުން ރަށް ހިމާޔަތްކޮށްދޭ އައްޑަނައެއްގެ ގޮތުގައި ވެސް ބައެއް މާހިރުން ސިފަ ކުރެ އެވެ.
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!
ކުޅުދުއްފުށި ކައުންސިލް ގޮނޑި ވެސް ޕީއެންސީ އަށް
ރަށު ހައްގަށް ކޮންމެ ފިޔަވަޅެއް ވެސް އަޅާނަން: އާތިފް
ޔާސިރު ވަކިވިޔަސް ބޮޑު އަސަރެއް ނުކުރާނެ: ޑިމޮކްރެޓްސް
ކުޅުދުއްފުށީގައި މި ފަހަރު ހަމަ އަސްލަށް ހަވާ އަރުވަނީ
ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން ޑިމޮކްރެޓްސްގައި
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ކުޅުދުއްފުށީގެ ލޮކްޑައުނަށް އަނެއްކާ ވެސް ހަތް ދުވަސް
ކުޅުދުއްފުށީގައި ލޮކްޑައުން ހަތް ދުވަސް އިތުރުކޮށްފި
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް