30 މެއި 2023
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ އިސް ބޭފުޅުންތަކެއް އުފައްދަން މަސައްކަތް ކުރައްވާ އާ ސިޔާސީ ޕާޓީ އަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ އިސް ބޭފުޅުންތަކެއް އުފައްދަން މަސައްކަތް ކުރައްވާ އާ ސިޔާސީ ޕާޓީ އަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީ އަށް ފަހު ނަޝީދު އުފެއްދި "ފިކުރެއްގެ ދިރުން" ފެކްޝަނުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ. އާ ޕާޓީ ރަޖިސްޓަރީ ކުރަނީ ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.
އާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ލިބުމާ އެކު، ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްޑީޕީގެ ތާއީދު ބޮޑު ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ހުރިހާ މެމްބަރުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެންފަ އެވެ.
ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާ އެކު، އެ ރަށުގެ ހުރިހާ ކައުންސިލް މެމްބަރުން "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށާއި އެއީ ކާމިޔާބީއެއް ކަމަށެވެ.
Kulhudhuffushi City Mayor @ArthifKFCity aai City Council ge hurihaa Councillorun @TheDemocratsMV aa gulhi vadaigathumakee libunu bodu ufaleh adhi kaamiyaabee eh. Varah bodah Marhabaa aa Shukuriyya. ? ????????#WeTheDemocrats pic.twitter.com/SqgmM9wqzb
— Hassan Latheef? (@HassanLatheef) May 30, 2023
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ކުރިން ތިއްބެވީ އެމްޑީޕީގަ އެވެ.
"ދަ ޑިމޮކްރެޓްސް" އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ނަޝީދުގެ ފިކުރުގެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެހެންވެ، އެ ބޭފުޅުން މިހާރު ވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކުރައްވައިފަ އެވެ.
އާ ޕާޓީއެއް އުފައްދަން މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު އެވެ. އެ މެމްބަރުން ޕާޓީ ދޫކުރައްވައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާއިރު ގިނަ ބަޔަކު ގަބޫލުކުރަނީ އެ ކެންޑިޑޭޓަކީ ނަޝީދު ކަމަށެވެ. އެކަމަކު އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ.
ރަށު ހައްގަށް ކޮންމެ ފިޔަވަޅެއް ވެސް އަޅާނަން: އާތިފް
ޔާސިރު ވަކިވިޔަސް ބޮޑު އަސަރެއް ނުކުރާނެ: ޑިމޮކްރެޓްސް
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް
މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
ނަޝީދުގެ ތުހުމަތު ޔާސިރަށް: "ވިޔަފާރީގެ މުއާމަލާތެއް"
ޔާސިރާ އެކު ކުޅުދުއްފުށީގެ ބާރު އަލުން އެމްޑީޕީއަށް
ހަރަކާތްތައް ފަށަން ޑިމޮކްރެޓްސް އިން ހަރުގެ ސާފުކުރަނީ
ޑިމޮކްރެޓްސްގެ ލިސްޓު ލީކުވުމުގައި އިހުމާލެއް ނެތް!
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!