16 އޯގަސްޓް 2023
ރައްޔިތުންގެ ހައްގުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާނެ ކަމަށް ވިދާޅުވެ، އަލުން ސަރުކާރާ ގުޅެން ނިންމެވި ނިންމެވުމުން ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ދިފާއު ކުރައްވައިފި އެވެ.
ރައްޔިތުންގެ ހައްގުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާނެ ކަމަށް ވިދާޅުވެ، އަލުން ސަރުކާރާ ގުޅެން ނިންމެވި ނިންމެވުމުން ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ދިފާއު ކުރައްވައިފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގަތް އާތިފް، އެމްޑީޕީ ދެ ބައިވެ އުފެދުނު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއް ފަހުން، ރޭގެ ވަގުތެއްގައި އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އޭނާއާ އެކު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ހަތަރު ކައުންސިލަރަކު ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ކުއްލި ގޮތަކަށް މެންބަރާއި ކައުންސިލުން ނިންމެވި ނިންމުމާ ގުޅިގެން އެ ބޭފުޅުންނަށް ފާޑުކިޔުމާއި ތުހުމަތުތައް އަމާޒުވެފައިވަނިކޮށް އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަސައްކަތަށް ނުކުންނެވީ ހިތްވަރުގަދަ ޓީމަކާ އެކު ފިސާރި ކެރިގެން ކަމަށެވެ. އޭނާގެ މައްޗަށް އަސާސެއް ނެތް ތުހުމަތުތަކެއް ކުރި ނަމަވެސް، ރައްޔިތުންގެ ހައްގުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރާއި މޭޔަރު އާތިފްގެ އިތުރުން ކައުންސިލަރުންތަކެއް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ރައީސް އާ އެކު. --ފޮޓޯ: އެމްޑީޕީ
"މަދު ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވީކަމުގައި ވީ ނަމަވެސް، އަސާސެއް ނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިކަމުގައި ވީނަމަވެސް، ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް އަޅުގަނޑުމެން ގިރާނުކުރާނޭ އެއްވެސް އޮޅިއެއް، ނުއުފުލާނޭ އެއްވެސް ތަކުލީފެއް، ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނެ،" އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގެ މުހިންމު މަޝްރޫތައް އެކަށީގެންވާ ސްޕީޑްގައި ނުހިނގާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި، ދާންޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާނެ ކަމަށެވެ. އޭނާ ވަނީ ރަށުގެ ކުރިއެރުމަށް އެ މަސައްކަތުގައި ބައިވެރިވާ އެންމެންނަށް ޝުކުރުއަދާ ކުރައްވައިފަ އެވެ.
"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މި މަސައްކަތުގެ ނަތީޖާ ހަމަ ރައީސް ސޯލިހާ އެކު ރައްޔިތުންނަށް ފެންނާންފަށާނެ،" އޭނާ ވިދާޅުވި އެވެ.
މޭޔަރު އާތިފް، މަޖިލީހުގެ ރައީސް ނަޝީދާ އެކު: އޭނާ ވަނީ ޑިމޮކްރެޓްސްއިން ވަކިވެފައި
އާތިފް މިހެން ވިދާޅުވިއިރު އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރަށް ފަސް އަހަރުވީއިރު ވެސް ރައްޔިތުން އުއްމީދުކުރާ މިންވަރާ ގާތަށް ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައި ނެތް ކަމަށެވެ. އެ ކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ލިޔުމާއި އަނގަބަހުން ސަރުކާރާ ހިއްސާކުރުމުން ވެސް އެކަށީގެންވާ އިޖާބައެއް ލިބިފައި ނެތް ކަމަށެވެ.
"...އެއީ ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންނާން ޖެހުނު މައިގަނޑު ސަބަބު،" އާތިފް ވިދާޅުވެފައިވެ އެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތުގައި އެމްޑީޕީ ދެމިހުރުމަކީ ރައްޔިތުންނަށް ވެވޭ އިހުމާލެކެވެ. އެހެންވެ، ރަނގަޅު ގޮތެއް ހޯދުމަށް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ކަމަށާއި، އެކަމުގައި ގިނަ ރައްޔިތުން ބައިވެރިވުމަށް ވެސް ގޮވައިލެއްވި އެވެ.
ޔާސިރާއި މޭޔަރު ޕާޓީ ދޫކޮށްލުމުން ޑިމޮކްރެޓްސްއިން ބުނީ އެއީ އެ ޕާޓީއަށް މާބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި ކުޅުދުއްފުށިން އެ ޕާޓީއާ ގުޅުނު އާންމު މެންބަރުން އަދިވެސް ތިބީ ޕާޓީގައި ކަމަށެވެ. އެ މެންބަރުންނަކީ މަގާމަކަށް ނުވަތަ އަމިއްލަ ކުރިއެރުމަކަށް ވިސްނާނެ އާންމު މެންބަރުންތަކެއް ނޫން ކަމަށެވެ.
ޔާސިރު ވަކިވިޔަސް ބޮޑު އަސަރެއް ނުކުރާނެ: ޑިމޮކްރެޓްސް
ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން ޑިމޮކްރެޓްސްގައި
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
ނަޝީދުގެ ތުހުމަތު ޔާސިރަށް: "ވިޔަފާރީގެ މުއާމަލާތެއް"
ޔާސިރާ އެކު ކުޅުދުއްފުށީގެ ބާރު އަލުން އެމްޑީޕީއަށް
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފަށައިފި
ކުޅުދުއްފުށި ކައުންސިލް ގޮނޑި ވެސް ޕީއެންސީ އަށް