Roadha Mihaaru
މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް

ދަ ޑިމޮކްރަޓްސް ދޫކޮށް، މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް

25 އޯގަސްޓް 2023

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެމްޑީޕީއާ މިރޭ އަލުން ގުޅިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެމްޑީޕީއާ މިރޭ އަލުން ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ޝިޔާން އެ ޕާޓީން މިދިޔަ މެއި މަހު ވަކިވެ ވަޑައިގަތުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ދަ ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގަތެވެ.

ނަމަވެސް ޝިޔާން މިރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން، މެމްބަރު ކަމުގެ ފޯމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.

އެމްޑީޕީން ކުރި ޓްވީޓް

ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތްއިރު އޭރު އެމްޑީޕީން ވަކިވެވަޑައިގަތް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ދާދިފަހުން ވަނީ އެ ޕާޓީއާ އަލުން ގުޅިވަޑައިގެންފަ އެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް ޕާޓީއަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ.