26 ނޮވެމްބަރ 2016
އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވަން ހަމަޖެއްސި ޕްރައިމަރީތައް ވީހާ ވެސް އަވަހަކަށް ބޭއްވުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވަން ހަމަޖެއްސި ޕްރައިމަރީތައް ވީހާ ވެސް އަވަހަކަށް ބޭއްވުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ޕާޓީގެ ޕްރައިމަރީ ފަސްކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީގެ އާއްމު މެމްބަރުންގެ ވޯޓުން ކަމަށެވެ.
"ކަން މިހެން އޮއްވައި ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް ބުނާއިރު، ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުންނާއި އާއްމު މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމެކެވެ،" ރައީސް ޔާމީން ފެކްޝަނުގެ ނިންމުމަށް އިޝާރާތް ކުރައްވައި މައުމޫންގެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީގެ ރައީސް ވިދާޅުވެފައި ވަނީ ޕީޕީއެމް އަކީ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތަށް މިހާތަނަށް ހިންގަމުން އައި ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީގެ ކަންކަމުގައި މިހާތަނަށް ބަސް ބުނަމުން ގޮސްފައި ވަނީ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ. އެހެންކަމުން އަސާސީ ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދިއުމަކީ ޕީޕީއެމްގެ އާއްމު މެމްބަރުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމާފައި ވަނީ އެހެން ގޮތަކަށް ކަނޑައަޅަންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު ކުއްލިއަކަށް އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް އިއްޔެ ކުރަމުން އަންނަ ކަމަށެވެ.
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
އިންތިޚާބުގެ މައްސަލައަށް މައުމޫން ވެސް ވަދެވަޑައިގެންފި
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ޝަރުއީ ގޮތުން މައުމޫނާ ޕީޕީއެމް ހަވާލެއް ނުކުރެވޭނެ
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި ކޯޓަށް
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން އީސީއަށް ހުށަހަޅައިފި
ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ނަމެއް ބޭނުންނުކުރެވޭ
އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެއްޖެ: މައުމޫން
ސުލޫކީ ކޮމިޓީގެ އެއްވެސް ކަމެއް އަލީމަކަށް ނޭނގުނު