25 ނޮވެމްބަރ 2016
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ބޮޑު ބައެއް ކްލިއާ ކުރުމަށް ހުޅުމާލޭ ބަނދަރަށް ގެންދަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ބޮޑު ބައެއް ކްލިއާ ކުރުމަށް ހުޅުމާލޭ ބަނދަރަށް ގެންދަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
މާލޭ އުތުރު ބަނދަރުގައި އެމްޕީއެލް އިން ހެދި ކެފޭ ހުޅުވުމަށް އެ ތަނުގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ އިރު، ރާއްޖެ އެތެރެކުރާ މުދަލުގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މާލޭ ބަނދަރަށް ވަރަށް ބާރު ބޮޑުވެ، މުދާ ބޭލުމާއި ކްލިއާކުުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ދިމާވާ ގޮތަކީ ރިސޯޓުތަކަށް ގެންނަ 18 ކޮންޓޭނަރު ނުވަތަ 19 ކޮންޓޭނަރު، ޕްރޮޖެކްޓަކަށް ގެންނަ 20 ކޮންޓޭނަރު އެ ބޭފުޅުން އެބަޖެހޭ މި ތަނުގައި ބަހައްޓަން. ޑެމަރޭޖް އަރާތީ ތެޅިފޮޅި ގަންނަން އެބަޖެހޭ، މާލޭގެ ކޮންމެވެސް ގުދަނަކަށް މި ލާން އެބަޖެހޭ،" ޖުނައިދު ވިދާޅުވި އެވެ.
މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޖުނައިދު (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ މައްސަލަ ހައްލުކުރުމަށް، މާލޭ ބަނދަރަށް ބާލާ ކޮންޓޭނަރުތަކުގެ ބޮޑު ބައެއް ހުޅުމާލޭ ބަނދަރަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭ ބަނދަރަށް ގެންދާ ކޮންޓޭނަރުތަކުން މުދާ ބާލައި ހުސްކުރުމަށް ފަހު، ވެރި ފަރާތުން ގެންދިއުމާ ހަމައަށް އެ ބަނދަރުގައި ގުދަންކޮށްފައި ބަހައްޓަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތަށް ހެދުމުން، މާލޭގެ ޓްރެފިކަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ. އެކަމަކު، އެ ގޮތަށް އަމަލުކުރަން ފަށާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން، މާލޭ ބަނދަރަށް ގެންނަ އާ އުޅަނދުތަކުގެ ބޮޑު ބައެއް ރާއްޖެ ގެނައުމަށް މިހާރު ބޯޓަށް އަރުވާފައިވާ ކަމަށާއި އަންނަ މަހުގެ 25 ހިސާބުގައި އެ އުޅަނދުތައް ރާއްޖެ ގެނެވޭނެ ކަމަށް ވެސް އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވި އެވެ. އެ އުޅަނދުތައް ބޭނުންކުރަން ފެށުމުން، މިހާރު ގާތްގަނޑަކަށް 16 ދުވަހުން ހުސްކުރެވޭ ކޮންޓޭނަރު ތިން ދުވަހުގެ ތެރޭގައި ހުސްކޮށް ނިންމައި، އަނބުރާ ގެންދިއުމަށް ތައްޔާރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ހޯދަން ޗައިނާ ކުންފުންޏަކާ މިިދިޔަ ޖޫން މަހު ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކް ލިފްޓް ޓްރަކު އަދި ހުސް ކޮންޓެއިނަރު ތަންތަނަށް ގެންދިއުމަށް ބޭނުންކުރާ ހަތަރު އުޅަނދެކެވެ.
މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރުމަށް ނަގާ މުއްދަތު ދިގުވާތީ، ބައެއް ޝިޕިން ލައިންތަކުން މިހާރު ވަނީ ހާއްސަ ފީއެއް ނަގަން ވެސް ފަށައިފަ އެވެ.
ތިލަފުށީ ޕޯޓު ބަޔަކާ އަދި ހަވާލެއް ނުކުރޭ: މިނިސްޓަރު
އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ
"140 މިލިއަނަށް ގަތް ވެހިކަލްތައް ބޭނުމެއްނުކުރެވޭ"
އަގު ބޮޑުކޮށް ތަކެތި ވިއްކަނީ މުދާ ނުބޭލިގެނެއް ނޫން
ހަތަރު މަސް ތެރޭ ވިޔަފާރި ބަނދަރު ބޮޑުކުރަން ފަށަނީ
މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ހުއްދަ ދީފި
އެމްޕީއެލް އިން އަންނަ އަހަރު 500 ވަޒީފާ އުފައްދަނީ
ބަނދަރު ތޮއްޖެހި ޝިޕިން ކުންފުނިތަކަށް ބޮޑު ގެއްލުމެއް
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ