22 ޖުލައި 2021
ކެރިއަރުގައި މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކަމުނުދާ ފިލްމަކީ "ޑެތު ޕްރޫފް" ކަމަށް ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްވެންޓަން ޓަރަންޓީނޯ ބުނެފި އެވެ.
ކެރިއަރުގައި މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކަމުނުދާ ފިލްމަކީ "ޑެތު ޕްރޫފް" ކަމަށް ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްވެންޓަން ޓަރަންޓީނޯ ބުނެފި އެވެ.
ކާމިޔާބު ޑައިރެކްޓަރުގެ "ޑެތު ޕްރޫފް" އަކީ 2007 ގައި ދެ ފީޗާ އެކުލެވޭ ގޮތަށް "ގްރިންޑްހައުސް" ގެ ނަމުގައި ގެނެސްދިން ފިލްމުގެ ބައެކެވެ. ޖުމްލަ 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޑެތު ޕްރޫފް" އަކީ ބޮކްސް އޮފީހުގައި އެންމެ 30.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
ޓަރަންޓީނޯގެ ފިލްމުގެ އިތުރުން "ގްރިންޑްހައުސް" ގައި ދެން ހިމެނެނީ ރޮބަޓް ރޮޑްރިގޭޒް ޑައިރެކްޓްކުރި "ޕްލެނެޓް ޓެރާ" އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެނެސްދިން ޓަރެންޓީނޯ ބުނި ގޮތުގައި "ޑެތު ޕްރޫޕް" އަކީ އަސްލު އޭނާގެ ފެންވަރެއް ނޫނެވެ. އަދި ޖުމްލަކޮށް މުޅި ފިލްމަށް ބަލާ ކަމަށް ވަންޏާ އެއީ ވަރަށް ފީޅަކާ ފިލްމެއް ކަމަށް ބުންޏެވެ.
"އެއީ ދެން މީހަކަށް ހެދޭނެ އެންމެ ގޯސް ފިލްމު. އަހަރެން ގަބޫލުކުރަނީ އަހަންނަކީ ހަމަ ރަނގަޅު ޑައިރެކްޓަރެއް ކަމަށް. އެކަމަކު ޑެތު ޕްރޫފަކީ އަހަރެންގެ ފެންވަރެއް ނޫން. ހާދަހާ ކަމުނުދާ ފިލްމެކޭ އެއީ." ދަ ހޮލީވުޑް ރިޕޯޓާގެ އެނުއަލް ރައުންޑް ޓޭބަލްގައި އެންގް ލީ އާއި ޓޮމް ހޫޕާ އަދި ގު ވަން ސަންޓް ފަދަ ޑައިރެކްޓަރުންނާ އެކު ބޭއްވި ޑިސްކަޝަންގައި ޓެރަންޓީނޯ ބުންޏެވެ.
"ޑެތު ޕްރޫފް" އަކީ ސްޓަންޓްމޭންއެއްގެ ގޮތުގައި މަސައްކަތްކުރާ ސީރިއަލް ކިލާއެއްގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. އޭގެ ލީޑް ކުޅުނީ ކާޓް ރަސަލް އެވެ.
ޓެރަންޓީނޯ، 58، އަކީ "ރިޒޮވަޔާ ޑޯގްސް" އާއި "ޕަލްޕް ޕިކްޝަން"، "ކިލް ބިލް"، "އިންގްލޯރިއަސް ބަސްޓަޑް"، "ޖާންގޯ އަންޗެއިންޑް" އަދި "ހޭޓްފުލް އެއިޓް" ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ޖޯޖް ކްލޫނީ އާއި ޓެރެންޓީނޯއާ ދެމެދުގައި ރުޅިވެރިކަން
"ކިލް ބިލް" ގެ ހިންދީ ރިމޭކަށް ކްރިތީ؟
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ޖެކޮލިންގެ ހޮލީވުޑް ފިލްމު އަންގާރަ ދުވަހު ނެރެނީ
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ