25 ނޮވެމްބަރ 2016
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން މިރޭ ހޯދައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން މިރޭ ހޯދައިފި އެވެ.
މިިދިޔަ އަހަރުގެ މުބާރާތުން ޓީސީ ކެޓީ ސެމީ ފައިނަލުގައި މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ފައިނަލުގައި ޓީސީ އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އެންމެ ފަހުން ކުޅުނު އެފްއޭ ކަޕް ފައިނަލުން ޓީސީ ބަލިވީ ވެލެންސިއާ އަތުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު މި ދެ ޓީމު މި ސީޒަނު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވީ ޓީސީ އެވެ. އަނެއް މެޗުން މާޒިޔާ މޮޅުވި އެވެ.
އެފްއޭ ކަޕްގެ ފައިނަލުން ވެލެންސިއާ އަތުން ޓީސީ ބަލިވިއިރު، އެ މުބާރާތުން މާޒިޔާ ކެޓީ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. މި މެޗުން ބަލިވުމުން މާޒިޔާ އަށް ވަނީ ސީޒަން ނިމިފަ އެވެ. ވަރުގަދަ ސްކޮޑަކާ އެކު ސީޒަން ގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓް ކޮށްގެން ސީޒަނާ ކުރިމަތިލި ނަމަވެސް އެ ޓީމަށް ލިބުނީ ދިވެހި ޕްރިމިއާ ލީގެވެ. އެފްއޭ ކަޕްގެ ކުއާޓާ އިން ކެޓިއިރު، މި މުބާރާތް ނިމުނީ ސެމީންނެވެ.
މިރޭގެ މެޗަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރައިގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަނާފައިނުވެ އެވެ. ދަގަނޑޭ ބޭނުންނުކުރީ އަނިޔާގެ ސަބަބުންނެވެ. އޭނާ މެޗު ވޯމްއަޕްގައި ބައިވެރިވި އެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އަރިމަތިން އަހުމަދު ނާޝިދު (ނާއްޓޭ) ނަގައިިދިން ހުރަަހަކުން އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ ބޮލުން ފޮނުވާލި ބޯޅަ ޓީސީ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.
ޓީސީން ރަނގަޅު ކުޅުމެއް ދެއްކި މި ހާފްގައި އެ ޓީމުގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޓީސީގެ ނާފިއު (ކ) މާޒިޔާގެ އެންޑީ ކައިރިން ބޯޅަ ކޮންޓްރޯލް ކުރަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
މި ހާފްގައި ދެ ޓީމުގެ މެދުތެރެއިން ވެސް ގޯސްތަކެއް ފެނުނެވެ. ފަސޭހަ ބޯޅަތައް ދެ ޓީމުގެ އަތުން ގެއްލިގެން ދިޔައިރު، ކުރިއަށް ކުޅޭ ކުޅުންތެރިންނަށް މާ ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްދެވޭ ގޮތެއްނުވި އެވެ.
މި ހާފްގައި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޓީސީންނެވެ. މެޗުގެ 41 ވަނަ މިނިޓްގައި ހަސަން ނާއިޒު (ދާދު) ދެ ކުޅުންތެރިޔަކު ކައިިރިން ނައްޓާފައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މުހައްމަދު މަތަކުރި ނަމަވެސް ލިބުނީ އޭރިއާ ތެރެއިން ސެންޓޭ އަށެވެ. ސެންޓޭ ފޮނުވާލި ބޯޅަ އިމްރާން މަތަކުރީ ފައިންނެވެ.
ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ޓީސީގެ ސެންޓޭ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އެހެން ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މެޗުގެ 53 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އުމެއިރު ތިރިތިރިން ފޮނުވާލި ބޯޅަ ޓީސީ ކީޕަރު އިމްރާން މަތަކުރި އެވެ.
އޭގެ ދެ މިނިޓް ފަހުން ޓީސީން ލީޑުނެގި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭރިއާ ތެރެއިން ނިޒާމްބެ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހަނި އޭންގަލުން މާޒިޔާ ކީޕަރު އިމްރާން ފައި ކައިިރިން ގޮހެވެ. އޭގެ ދެ މިނިޓް ފަހުން ލީޑު ފުޅާކުރަން ޓީސީގެ އިބްރާހިމް ވަހީދު (އިއްބެ) އަށް ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
ޓީސީން ލީޑުނެގުމުން މާޒިޔާ އިން ބަދަލުތައް ގެނެސް ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތައް އެ ޓީމަށް ގޯލަށް ވައްދާނުލެވުނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އީސާ އާއި އަސަދުﷲ އަދި އުމެއިރު ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މާލެ: 28 ޖޫން 2016، ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން . މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް. ފޮޓޯ: ނިޝާން އަލީ/މިހާރު
އަދި އަހުމަދު ރަޝީދު (އައްމަޑޭ) އަށް ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ޓީސީން ދެ ވަނަ ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މި ލަނޑު ޖެހީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދާދު އެވެ. މާޒިޔާ އޭރިއާ ތެރެއިން އަމްދާން އަލީ (އެންޑީ) ކައިިރިން ނައްޓާލުމަށް ފަހު ދާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އިތުރު ވަގުތުގައި ތިން ވަނަ ލަނޑެއް ޖަހަން ޓީސީގެ ނިޒާމްބެ އަށް ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.
ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު
އެހެން ޓީމުތަކާ މެދު މާޒިޔާގެ ކޯޗުގެ ވިސްނުމެއް ނެތް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި
މާޒިޔާ ބަލިކޮށް ޓީސީ ގައުމީ ފައިނަލަށް
ނޮކްއައުޓް މެޗެއްގައި ފޭވަރިޓެއް ނޯންނާނެ: އަސަދުﷲ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ