25 ނޮވެމްބަރ 2016
ޓީސީ ސްޕޯޓްސް ކްލަބަކީ މި ސީޒަނުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި ނޮކައުޓް މެޗަކަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށް މިރޭ ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބަކީ މި ސީޒަނުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި ނޮކައުޓް މެޗަކަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށް މިރޭ ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ލީގު ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމު އެންމެ ފަހުން ނުކުތް ނޮކައުޓް މެޗުން ވަނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފަ އެވެ.
"ޔުނައިޓެޑް ވިކްޓަރީ މެޗުގައި ދަށްކޮށް ދިޔައީ. އެ މެޗުން އެނގިއްޖެ ނޮކައުޓް މެޗެއްގައި ފޭވަރިޓެއް ނޯންނާނެކަން. މާޒިޔާ ވަރުގަދަ ސްކޮޑެއް އޮތް ނަމަވެސް އެ ދުވަހު ނަތީޖާ ދިޔައީ އަނެއްކޮޅަށް. ކޮންމެ ގޮތެއްވިޔަސް އެކަން ހަނދާނުގައި ބަހައްޓައިގެން މިރޭގެ މެޗަށް ނުކުންނާނީ،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި ދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ޓީސީ ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަނެއް މެޗުން ކުރި ހޯދީ މާޒިޔާ އިންނެވެ. އަސަދުﷲ ބުނީ ކުރިން މެޗުތަކާއި މިރޭގެ މެޗު މުޅިން ތަފާތު ކަމަށެވެ.
"ލީގުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ޓީސީ މޮޅުވިޔަސް މިރޭގެ ސެމީ ފައިނަލަކީ މުޅިން ތަފާތު މެޗެއް. ޓީމު އޮތީ ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެފައި. ވަކިވަކި ކުޅުންތެރިންނަށް ބެލިޔަސް މާޒިޔާ އަކީ ވަރުގަދަ ޓީމެއް. އަދި މި ޓީމު ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ހުއްޓުވޭ ވަރުގެ ޓީމެއް އޮތް ހެނެއް ހިޔެއްނުވޭ،" އަސަދުﷲ ބުންޏެވެ.
މާޒިޔާގެ ޒިވްކޯ (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ސެންޓޭ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޓީމުގެ ހުރިހާ ކުޅުންތެރިން ފިޓް. އަނިޔާގެ މައްސަލައެއް ނެތް. ވަރަށް ފޯމުގައި މި މުބާރާތް ނަގަން މާޒިޔާ ކުޅުންތެރިން ތިބީ."
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އިން ފުރަތަމަ ފަހަރަށް ހޯދީ ފައިނަލުގައި ނިއު ބަލިކުރުމަށް ފަހު އެވެ. މާޒިޔާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށް ފަހު އެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ވެލެންސިއާ އަތުން ބަލިވި ނަމަވެސް ޓީސީގެ އަމާޒަކީ އަހަރުގެ ފަހު މުބާރާތް ކާމިޔާބު ކުރުމެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އީގަލްސް އަތުން 2-1 އިން ބަލިވި ނަމަވެސް ޓީސީން ވަނީ ދެ ވަނަ މެޗުގައި ނިއު އަތުން 4-0 އިން މޮޅުވެފަ އެވެ.
މިރޭގެ މެޗުގައި ސީޒަނުގެ މިހާތަނަށް ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ވެސް ފެނިގެންދާނެ އެވެ. ލަނޑު ލިސްޓުގެ ކުރީގައި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އޮތީ 34 ލަނޑު ޖަހައިގެންނެވެ. އަސަދުﷲ ދެ ވަނައިގައި އޮތީ 32 ލަނޑާ އެކު އެވެ.
މާޒިޔާ އާއި ޓީސީ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލު މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މޮޅުވާ ޓީމެއް ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ ބަލިކުރުމަށް ފަހު އެވެ.
ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު
އެހެން ޓީމުތަކާ މެދު މާޒިޔާގެ ކޯޗުގެ ވިސްނުމެއް ނެތް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި
މާޒިޔާ ބަލިކޮށް ޓީސީ ގައުމީ ފައިނަލަށް
މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ ހޯދައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ