މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އަންގައިފި އެވެ.
19 ޖުލައި 2021
މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އަންގައިފި އެވެ.
ކައުންސިލުން ނެރުނު އިއުނާލެއްގައި ބުނީ، މަސް މާރުކޭޓް އިމާރާތުގެ މަތީގެ ދެ ފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.
އެންމެ ފަރާތަކުން ލިޔުން ހުށަހެޅި ނަމަވެސް އެ ތަނުގެ އެހެން ތަންތަނުގައި ވެސް މުދަލާއި ތަކެތި ހުރުމުން، އެ ތަންތަން ހުސްކުރަން އަންގާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
މަސް މާރުކޭޓުގެ މަތީގައި ހުރި "ލިސްޓޯ ފިހާރަ" ފިޔަވައި އެހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ތަންތަނުގައި ހުރި އެއްޗެހި އެންމެ ލަސްވެގެން މި މަހުގެ 28 ގެ ކުރިން ނަގައި ހުސްކުރަން ސިޓީ ކައުންސިލުން އެންގި އެވެ.
"އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މި އިދާރާ އިން ނިންމާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މި އިދާރާ އިން ޒިންމާ ނުވާނެ ވާހަކަ ވެސް އަންގައި އިއުލާން ކުރީމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮންނަން ފަށައިފި
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
މަސްމާރުކޭޓުގައި ހިންގާ މަނާ ވިޔަފާރިތައް ހުއްޓުވަނީ
މާރުކޭޓަށް ދެ ކޮންޓްރެކްޓް، ސައްހަ އެއްޗެއް ނޭނގޭ!
މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގު ބަންދުކުރަނީ
މަސްމާރުކޭޓުގެ އެއްބަސްވުން އުވާލަން ނިންމަނީ
މާލޭގެ މަގުތައް މަރާމާތުކުރަން 2 މިލިއަން ގާ ހޯދަނީ
މާލޭން ފެން ހިންދަން އިތުރު ދެ ޕަމްޕު ހޯދަނީ
ހުކުރު ދުވަސްތަކުގައި ބައެއް މަގުތަކުގައި ދުއްވުން މަނާ
މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ