މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
16 އޯގަސްޓް 2025
މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މާލޭ މަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ކުރިން ނިންމާފައިވިޔަސް އަލުން ބެލިބެލުމުން މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000ރ. އަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000ރ. އަށެެވެ. އަދި އެތަނުގެ ކަރަންޓު ބިލަށް 437،926ރ. ނުދައްކާ އެބަ އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ، އަލުން އިއުލާނުކޮށްގެން އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހާރު އޮތް ކޮންޓްރެކްޓްުގައި ފުށުއަރާ ކަންކަން ހުރީމާ އެންމެ ރަނގަޅު ގޮތަކީ އަލުން ކުރިއަށް ގެންދިއުން ކަމަށް ފެންނަނީ،" އާޒިމް ވިދާޅުވި އެވެ.
އެކަމަށް ތާއީދު ކުރައްވައި ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ ކޮންޓްރެކްޓުގައި ހުރި ފުށު އަރާ ކަންކަން ކޮމިޓީން ބަލައިގެން އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި ކަރަންޓު ބިލަށް ހަތަރު ލައްކައެއްހާ ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިޑު ކޮމިޓީން ވަކި ގޮތެއް ނިންމާފައި އޮއްވައި އެ ނޫން ގޮތަކަށް އަމަލުކުރަން ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށެވެ.
"އެއީ ސީދާ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމެއް." ސައިފް ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުގެ ދެން އޮތް ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ލިޔުންތައް ހޯދައި މަޝްވަރާކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
މަސްމާރުކޭޓުގައި ހިންގާ މަނާ ވިޔަފާރިތައް ހުއްޓުވަނީ
މާރުކޭޓަށް ދެ ކޮންޓްރެކްޓް، ސައްހަ އެއްޗެއް ނޭނގޭ!
ބޭނުންނުކޮށް ފަޅުގައި އަޅާފައިވާ ދޯނިތައް ނަގަނީ
މާރުކޭޓްތައް ހިންގަން އާ އިމާރާތެއްގެ މަސައްކަތް ފަށަނީ
ޑްރަގްސް ބޭނުންކުރާތީ މާރުކޭޓު މަތި ބަންދުކުރަނީ
މަސްމާރުކޭޓުގެ މަތި ހުސްކުރަން އަންގައިފި
ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސްމާރުކޭޓެއް ހުޅުވަނީ
މާލޭގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮންނަން ފަށައިފި
އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް