Roadha Mihaaru
ޑްރަގްސް ބޭނުންކުރާތީ މާރުކޭޓު މަތި ބަންދުކުރަނީ

ޑްރަގްސް ބޭނުންކުރާތީ މާރުކޭޓުގެ މަތި ބަންދުކުރަނީ

30 އޯގަސްޓް 2022

މަސް މާރުކޭޓު މަތިީގައި ޑްރަގްސް ބަންދުކުރާތީ އެތަން ބަންދުކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސް މާރުކޭޓު މަތިީގައި ޑްރަގްސް ބަންދުކުރާތީ އެތަން ބަންދުކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒު "މިހާރު" އަށް ވިދާޅުވީ ދެ ފާރު ދޭތެރޭގައި ކަރުދާސް ފޮށި އަޅައިގެން ނިދައި، އެ ތަނުގައި ޑްރަގްސް ބޭނުންކުރާތީ އާއްމުންގެ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ލިބޭ ކަމަށެވެ.

ޝަކުވާތައް ލިބޭ ކޮންމެ ފަހަރަކު ފުލުހުންނާއެކު އެ ތަނަށް ގޮސް ހާލަތު ބަލާ ކަމަށް ރަމީޒު ވިދާޅުވި އެވެ. މިއަދު އެ ތަނަށް ގޮސް، ސާފުކުރުމަށްފަހު ފްލޯ ބަންދުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަން ބޮއްސުންލައިގެން ދިޔައީމަ މިގޮތަށް މި ނިންމީ،" ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އައްޑާއެއްގެ ގޮތުގައި ބޭނުންކުރީ މިސްކިތްތައް ކަމަށެވެ. އެކަމަކު، އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމުން، މާރުކޭޓު މަތީގެ ހާލަތު ގޯސްވެގެން ދިޔައީކަން އޭނާ ފާހަގަކުރެއްވި އެވެ.

މާރުކޭޓުގެ މަތީގައި ހޮޓަލެއް ވެސް ހިންގަ އެވެ. ޑްރަގްސް ބޭނުންކުރަނީ އެ ތަނުގެ ހުސްކޮށް އޮތް ތަނުގަ އެވެ.