Roadha Mihaaru
އައިޕެޑް މިނީގެ އާ ވާޝަނެއް ނެރެނީ

އައިޕެޑް މިނީގެ އާ ވާޝަނެއް ނެރެނީ

13 ޖުލައި 2021

އައިޕެޑް މިނީގެ އާ ވާޝަނެއް ނެރެން އެޕަލް އިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިޕެޑް މިނީގެ އާ ވާޝަނެއް ނެރެން އެޕަލް އިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ޑިވައިސް ނެރޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މިއީ 2012 ގައި އައިޕެޑް މިނީ ނެރުނު ފަހުން އޭގެ ޑިޒައިނަށް އެންމެ ބޮޑެތި ބަދަލުތައް ގެނެސްގެން ނެރޭ ޑިވައިސް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ޑިޒައިނަށް އަލަށް ގެންނަ ބަދަލާ އެކު އައިޕެޑް މިނީގެ ޑިސްޕްލޭ ބޮޑުކޮށް ގެނެސްދިނުމަށްޓަކައި އޭގެ ހޯމް ބަޓަން ވެސް ނަގާފައިވާ ކަމަށެވެ. އައިޕެޑް މިނީގެ އާންމު ސައިޒަކީ 7.9 ޑިސްޕްލޭއެއް ނަމަވެސް އާ ޑިވައިސްގެ ޑިސްޕްލޭގެ ސައިޒްގައި 8.5 ނުވަތަ 9 އިންޗި ހުންނާނެ ކަމަށް 9ޓު5މެކް އިން ބުނެފައިވެ އެވެ.

ބައެއް ނޫސްތަކުން އާ އައިޕެޑް މިނީގައި މިިދިޔަ އަހަރު ނެރުނު އައިޕެޑް އެއާގެ ސިފަތައް ހުންނާނެ ކަމަށެވެ. ނަމަވެސް ބަދަލުތަކާ ގުޅޭ މާ ބޮޑެތި ތަފުސީލުތަކެއް އަދި ނުލިބެ އެވެ. އަދި އާ އައިޕެޑް މިނީއާ ބެހޭ ގޮތުން އެޕަލް ވެސް އެއްވެސް އެއްޗއް ނުބުނެ އެވެ.

އާ އައިޕެޑް ވާނީ ޓެބްލެޓްގެ ހަ ވަނަ ޖީލުގެ އެއްޗަކަށެވެ.