06 ޖުލައި 2021
ފިލްމީ ކެރިއަރުގައި ކިތަންމެ ކާމިޔާބަސް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ދިރިއުޅުމުން ފެންނަނީ އެހެން މަންޒަރެކެވެ.
ފިލްމީ ކެރިއަރުގައި ކިތަންމެ ކާމިޔާބަސް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ދިރިއުޅުމުން ފެންނަނީ އެހެން މަންޒަރެކެވެ.
އާމިރުގެ ފުރަތަމަ ކައިވެނި ރޫޅާލީ ކައިވެނިކުރިތާ 16 އަހަރު ފަހުންނެވެ. ދެވަނަ ކައިވެނި ވެސް ރޫޅާލީ ހަމަ 16 އަހަރު ފަހުންނެވެ.
ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިން 1988 ގައި ބޮލީވުޑަށް ނުކުތް އިރު ވެސް އާމިރު އުޅުނީ ރީނާ ދައްތާ ކިޔާ މީހަކާ އިނދެގެންނެވެ. ފިލްމު ރިލީޒްކުރުމާ ހަމައަށް އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ފަހު، ކައިވެނިކޮށްގެން އުޅޭކަން އިއުލާންކުރި އިރު އެ ގުޅުމަށް އޮތީ ދެ އަހަރުވެފަ އެވެ.
އެ ކައިވެނި 2002 ގައި ރޫޅައިލި އިރު ދެ ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު މިހާރު ބޮޑުވެފައިވާ ދެ ކުދިންނެވެ. ދޮއްޓަށް ހުރި ޖުނައިދު ޚާނަށް 28 އަހަރެވެ. އިރާ ޚާނަށް 24 އަހަރެވެ.
AAMIR KHAN - KIRAN SEPARATE… JOINT STATEMENT… pic.twitter.com/YlixZbvtIA
— taran adarsh (@taran_adarsh) July 3, 2021
އާމިރު ދެވަނަ ކައިވެނިކުރީ 2005 ގަ އެވެ. އެ ކައިވެނި 16 އަހަރު ފަހުން ރޫޅައިލިކަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސަބަބެއް ހާމައެއް ނުކުރެ އެވެ. އަންހެނުން ކިރަން ރާއޯ އާއި އާމިރު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދެ މީހުންނަކީ މިހާރު ދެމަފިރިން ނޫން ކަމަށެވެ. އެކަމަކު ކުރިން ވެސް އޮތް ގޮތަށް ގާތްކަން އާއިލީ ކަންކަމާއި ޕްރޮފެޝަނަލް ކަންކަމުގައި ވެސް އޮންނާނެ ކަމަށް ބުންޏެވެ.
ކައިވެނި ރޫޅައިލި އިރު ސަރޮގޭޓްކޮށްގެން ހޯދި ދަރިފުޅު އާޒާދު ރާއޯ ހާނަށް 9 އަހަރެވެ. ދެމަފިރިން އެގޮތަށް ދަރިޔަކު ހޯދަން ނިންމީ ބަލިވެއިނދެ ބައިގެންދިއުމުންނެވެ. އޭގެ ފަހުން ދަރިޔަކު ހޯދުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވުމުން އަލުން ބަލިވެއިނދެ ދަރިޔަކު ހޯދުމުގެ ހިޔާލު ވެސް ދޫކޮށްލީ އެވެ.
ކިރަން އަކީ އާމިރާ އެކު ފިލްމީ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތްކުރަމުން އައި މީހެކެވެ. މި ދެ މީހުން ދިމާވީ ވެސް ފިލްމެއްގެ ސެޓުންނެވެ. އެއީ 2001 ގައި ގެނެސްދިން އާމިރުގެ "ލަގާން" ގެ މަސައްކަތުގެ ތެރޭގަ އެވެ. އޭރު ކިރަން އަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ އެސިސްޓަންޓެކެވެ.
ފަހުން ކިރަން 2011 ގައި ފިލްމެއް ޑައިރެކްޓް ވެސް ކުރި އެވެ. އެއީ އާމިރު ވެސް ރޯލެއް ކުޅުނު "ދޯބީ ގާތު" އެވެ. އޭގެ ފަހުން އާމިރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ކޮންމެ ފިލްމެއްގައި ކިރަން ވެސް އެއްވަރަކަށް ހިއްސާވެފައިވެ އެވެ.
އާމިރާއި ކިރަންގެ ވަރީގެ ވާހަކަ އާންމުކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފައިވެ އެވެ. ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގައި ކިޔާ ފާޑުކިޔުންތައް ގިނަ އެވެ. އެގޮތުން ގިނަ ބަޔަކު އާމިރު ސިފަކޮށްފައި ވަނީ 16 އަހަރަށް ކައިވެނި މަތީގައި ހުރެވޭ މީހެއްގެ ގޮތުގަ އެވެ. އަދި އޭނަގެ ކައިވެނީގެ ގުޅުންތަކުގެ ނާކާމިޔާބީގެ ވާހަކަ ގިނަ ބަޔަކު ގުޅުވާފައި ވަނީ އެކްޓަރު ސަލްމާން ޚާންގެ ކާމިޔާބީްއެއްގެ ގޮތުގަ އެވެ. ސަބަބަކީ އޭނާ މިހާތަނަށް ކައިވެންޏެއްކޮށްފައި ނުވާތީ "ވަރި" އަކީ ސަލްމާން ދަންނަ އެއްޗަކަށް ނުވުމެވެ.
ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އާމިރާއި ކިރަން އާދިއްތަ ދުވަހު ވީޑިއޯ މެސެޖެއް ވެސް އާންމުކޮށްފައިވެ އެވެ. އޭގައި ވެސް ތަކުރާރުކޮށް ބުނީ ވަރިވި ނަމަވެސް އަދިވެސް އެއް އާއިލާ ކަމަށެވެ.
ކައިވެނި ރޫޅައިލުމުން އާމިރުގެ ގާތް ބައެއް މީހުން ވެސް ތިބީ އަދިވެސް ޝޮކެއްގަ އެވެ. އޭގެ ތެރެއިން އެކަކީ ދާދި ފަހުން "ކޮއީ ޖާނޭ ނާ" ކިޔާ ފިލްމަކުން ޑައިރެކްޝަނަށް ނުކުތް އެކްޓަރު އަދި އާމިރުގެ ގާތް އެކުވެރިޔާ އަމީން ހާޖީ އެވެ. އޭނާ ބުނި ގޮތުގައި އެހާ ލޯބިން އުޅުނު އާމިރާއި ކިރަންގެ ކައިވެނީގައި މިހާތަނަށް އެއްވެސް ކުންޏެއް ޖެހިފައިވާކަން ނޭނގި އެ ގުޅުމަށް ނިމުން އައުމަކީ އަދިވެސް ގަބޫލުކުރަން ވަރަށް ދަތި ކަމެކެވެ.
ކޮންމެއަކަސް އާމިރު ކަހަލަ މަޝްހޫރު މީސްމީހުންގެ ޒާތީ މިފަދަ ވާހަކަތަކުގެ އަޑިއެއް ގިނަ ފަހަރަކަށް ނޭނގޭނެ އެވެ. އެހެންވެ އޭނާ އާއި ކިރަން ވަރިއަށް ދާން ނިންމި ސަބަބު ވެސް އޮންނާނީ އާންމުންގެ ތެރޭގައި އަރަތެއްގަ ގޮތުގަ އެވެ.
އާބާދީ ކޮންޓްރޯލް ނުވާ ސަބަބަކަށް އާމިރުގެ މިސާލު!
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
ކުރީގެ އަންހެނުންގެ އާ ފިލްމު އާމިރު ޕްރޮޑިއުސް ކުރަނީ
އާމިރާއި ސަންޖީދާ ވަރިވެއްޖެ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ވަރިވާން އުޅޭ ވާހަކަ ދައްކާތީ ޝިލްޕާ ހިތްހަމައެއްނުޖެހޭ
ކައިވެނީގެ ވާހަކަ މީޑިއާގައި ނުދައްކާނަން: ކްރިތީ
އާމިރު ޚާންގެ ދެމަފިރިން ވަރިވެއްޖެ