Roadha Mihaaru
މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފަށައިފި

މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފަށައިފި

05 ޖުލައި 2021

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން ހުއްޓާލައިފައި އޮތުމަށް ފަހު އަނެއްކާވެސް ތަޅުމުގައި ޖަލްސާތައް ބާއްވަން މިއަދު ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން ހުއްޓާލައިފައި އޮތުމަށް ފަހު އަނެއްކާވެސް ތަޅުމުގައި ޖަލްސާތައް ބާއްވަން މިއަދު ފަށައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުން ހުއްޓާލާފައި އޮތުމަށް ފަހު، އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މެއި 24 ގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިރު، މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ބާއްވަމުން ގެންދިޔައީ ހަމައެކަނި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ބައްދަލުވުންތަކެވެ.

ތަޅުމުގައި ޖަލްސާތައް ބާއްވަން މިއަދު ފެށި އިރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ މަދުވެފަ އެވެ. އެހެންވެ، އެ ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި މަހުގެ ފުރަތަމަ ދުވަހު ލުއިދީފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފެށި އިރު، ރައްޔިތުންނާ ސީދާގޮތުން ގުޅުން ހުރި ގިނަ ބިލްތަކެއްގެ މަސައްކަތް މަޖިލީހުގައި އެބަ އޮތެވެ. ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށްޓަކައި ގާނޫނުލް އުގޫބާތު ބަދަލުކުރަން ހުށަހެޅި ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލްތަކުގެ މަސައްކަތް ވާޗުއަލް ޖަލްސާތަކަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ކުރިއަށް ގެންދާތީ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.