04 ޖުލައި 2021
ޑްރައިވަރަކާ ނުލައި ދުއްވާ ބަހާއި ޓެކްސީގެ ހިދުމަތް ޗައިނާގައި ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.
ޑްރައިވަރަކާ ނުލައި ދުއްވާ ބަހާއި ޓެކްސީގެ ހިދުމަތް ޗައިނާގައި ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.
ޕަބްލިކް ޓްރާންސްޕޯޓްގައި ސެލްފް-ޑްރައިވިން ބަހާއި ޓެކްސީގެ ހިދުމަތް އެ ގައުމުގެ އެކި ސިޓީތަކަށް ތައާރަފުކުރަމުން އަންނަ އިރު، އޮޓޯ ބަހުގެ ހިދުމަތް އެންމެ ފުރަތަމަ ވިޔަފާރި އުސޫލުން ތައާރަފުކުރީ ޗޮންގިން ސިޓީގެ ޔޮންގް ޗުއާން ޑިސްޓްރިކްޓްގައި މިދިޔަ އެޕްރީލް މަހުގެ މެދުތެރޭގަ އެވެ.
އޭގެ ފަހުން އެކި ސިޓީތަކުގައި ހިދުމަތް ފުޅާކުރަމުން އަންނަ ސެލްފް-ޑްރައިވިން ބަހާއި ޑްރައިވަރަކާ ނުލައި ދުއްވާ ރޮބޯޓެކްސީގެ ހިދުމަތް ބުރާސްފަތި ދުވަހު ހެނާން ޕްރޮވިންސްގެ ޒެންގްޒޫގައި ތައާރަަފުކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ވަގުތު ޗައިނާގައި އޮޓޯ ބަހުގެ އެންމެ ދިގު ރޫޓް އޮތީ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޖިއާންގްސޫގެ ސޯޒޫ ސިޓީގަ އެވެ. އެ ރާސްތާގެ ދިގުމިނަކީ 15.3 ކިލޯމީޓަރެވެ.
ޗައިނާގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ސެލްފް-ޑްރައިން ބަހުގެ ރޫޓް 60 އަށް ވުރެ އިތުރުކުރުމެވެ.
The first batch of self-driving buses and driverless cars hit the road on Thursday in Zhengzhou, Henan. A total of 200 such vehicles will go into service in 2021. pic.twitter.com/n39Ouf9EfN
— China Daily (@ChinaDaily) July 3, 2021
ކަމާ ބެހޭ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޒެންގްޒޫގައި ބޭނުންކުރާ ސެލްފް-ޑްރައިވިން ބަހާއި ޓެކްސީގެ އަދަދު 200 އަށް އިތުރު ކުރާނެ އެވެ. މިފަދަ ވެހިކަލްތައް ހަދާފައި ވަނީ ދަތުރުކުރާ މީހުންގެ ރައްކާތެރި ކަމަށް ބޭނުންވާނެ ހުރިހާ ފިޔަވަޅުތަކާއި ކާޑު ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭ ގޮތަށެވެ. އެގޮތުން ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވެސް ބޭނުންކޮށްފައި އެވެ.
އެހެންވެ އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ދަނޑިވަޅެއްގައި ބަހާއި ޓެކްސީގެ ޑްރައިވަރު ސީޓްގައި އިންނަ މޮނީޓަރެއްގެ އެހީގައި ފަސިންޖަރުންގެ ކަންކަން ފަސޭހައިން ދެނެގަނެވޭނެ އެވެ.
ޗައިނާ އަބަދު ވެސް ޓެކްނޮލޮޖީގެ ދާއިރާ އިން ބޮޑެތި ކާމިޔާބީތައް ހޯދަމުން އިރު ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އޮޓޯ ބަހާއި ޓެކްސީގެ ހިދުމަތް ތަފާތު އެކި މޮބައިލް އެޕްތައް މެދުވެރިކޮށް ހޯދޭނެ އެވެ. އޭގެ ތެރޭގައި އެޕޯލޯ ގޯ އަދި ބައިޑޫ މެޕް ހިމެނެ އެވެ.
ޗައިނާގެ އިތުރުން މި ވަގުތު ޕަބްލިކް ޓްރާންސްޕޯޓްގައި ސެލްފް-ޑްރައިވަރުން ބަސް ބޭނުން ކުރަމުން އަންނަނީ ޖަރުމަނާއި އެމެރިކާ އަދި ފިންލޭންޑްގަ އެވެ.
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
ލަންކާގައި ކަރަންޓު ކުރޮޅި ތައާރަފްކުރަނީ
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
މިނީ ބަހުގެ ހިދުމަތް ފަށަން 36 ބަސް ގެނެސްފި
ދެވަނަ ފިޔަވަހިން ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް