02 ޖުލައި 2021
އިންޝުއަރެންސްގެ މުއްދަތު ހަމަވުމުގެ ހަތަރު ދުވަސް ކުރިން ރޯވެ އަޑިއަށް ދިޔަ ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑްގެ ލޯންޗަކަށް އިންޝުއަރެންސް ކަވަރޭޖްގެ ގޮތުގައި 600،000 ޑޮލަރު (9.3 މިލިއަން ރުފިޔާ) ދިނުމަށް އަމާނާ ތަކަފުލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން ދަމަހައްޓާފައި ވިޔަސް އެއީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އިންޝުއަކޮށްފައިވާ އުޅަނދެއްކަން ފަހުން ހާމަވެފައި ވާތީ އެ ފައިސާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އިންޝުއަރެންސްގެ މުއްދަތު ހަމަވުމުގެ ހަތަރު ދުވަސް ކުރިން ރޯވެ އަޑިއަށް ދިޔަ ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑްގެ ލޯންޗަކަށް އިންޝުއަރެންސް ކަވަރޭޖްގެ ގޮތުގައި 600،000 ޑޮލަރު (9.3 މިލިއަން ރުފިޔާ) ދިނުމަށް އަމާނާ ތަކަފުލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން ދަމަހައްޓާފައި ވިޔަސް އެއީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އިންޝުއަކޮށްފައިވާ އުޅަނދެއްކަން ފަހުން ހާމަވެފައި ވާތީ އެ ފައިސާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ، މުހައްމަދު އިބްރާހިމްގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުން ޝަރޫ ލޯންޗާ އެއްކޮޅަށް 2017 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވިޔަސް އެ ހުކުމް ބާތިލްކުރުމަށެވެ.
ޝަރޫ ލޯންޗުން އަމާނާ ތަކަފުލްއާ ދެކޮޅަށް ސިވިލް ކޯޓަށް ދިޔައީ އިންޝުއަރެންސް ފައިސާ ނުދޭން ނިންމުމުންނެވެ. ފައިސާ ނުދޭން ނިންމުމުގައި 11 ސަބަބެއް ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 2012 ވަނަ އަހަރު ލޯންޗް އިންޝުއަކުރި އިރު އެއީ 2010 ވަނަ އަހަރު ބަނދެ ނިމުނު ލޯންޗެއް ކަމަށް ބުނެފައި ވިޔަސް ފަހުން ބެލި ބެލުންތަކުން އެއީ 1998 ވަނަ އަހަރު ބަނދެފައިވާ އުޅަނދެއްކަން ވަނީ އެނގިފަ އެވެ. ލޯންޗް އިންޝުއަކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ އަމާނާ ތަކަފުލް އިން ފައިސާ ނުދޭން ދައްކާ ވާހަކަތަކަށް ބުރަވެވެން ނެތް ކަމަށާއި އޮކްޓޫބަރު 3، 2013 ގައި މާލޭން ލ. އަތޮޅަށް ދަތުރުކުރަނިކޮށް ރޯވެ އަޑިއަށް ދިއުމަކީ ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ސާބިތުވާނެ ހެއްކެއް ނެތް ކަމަށެވެ. އަދި އިންޝުއަރެންސް ޕޮލިސީގައި ބުނާ 600،000 ޑޮލަރު ތިން މަސް ދުވަސް ތެރޭ ދައްކަން ހުކުމްކުރި އެވެ. އަދި މި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
Judgement Details:
— Supreme Court of the Maldives (@SCMaldives) June 30, 2021
Case Number: 2020/SC-A/69
For more info: https://t.co/Oh4a7Ni1fD pic.twitter.com/ovMwsDkDt1
ނަމަވެސް އަމާނަ ތަކަފުލް އިން ދަށު ކޯޓާއި އިސްތިއުނާފީ މަރުހަލާގައި ވެސް ބުނަމުން ދިޔައީ އެއީ ދޮގު މައުލޫމާތު ދީގެން އިންޝުއަރެންސަށް ރަޖިސްޓްރީކުރި އުޅަނދެއްކަން، އަލިފާނުގެ ހާދިސާ އަށް ފަހު ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެކަމަށް ޝަރޫ އިން ވެސް އިންކާރުކޮށްފައެއް ނުވެ އެވެ. އެކަމަކު ބުނެފައި ވަނީ އެ ތާރީހު ލިޔުންތަކުގައި ޖެހީ އަމާނާ ތަކަފުލްގެ މުވައްޒަފެއް ކަމަށެވެ. މި މައުލޫމާތުގެ ސަބަބުން އިންޝުއަރެންސްގެ އަދަދު ކަނޑައެޅިފައިވަނީ 14 އަހަރު ވެފައިވާ އުޅަދެއް ދެ އަހަރުގެ އެއްޗެއް ކަމަށް ބަލައިގެންނެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔުގައިވާ ގޮތުން ޝަރޫ ލޯންޗުން، އިންޝުއަރެންސް އެއްބަސްވުމުގެ ތެރެއަށް ވަދެފައިވަނީ ހަގީގަތް އޮޅުވާލުމުގެ އަމަލެއްގެ ތެރެއިން ކަމަށް އެކަނި ބެލި ކަމުގައި ވިޔަސް މި އިންޝުއަރެންސް މުއާމަލާތް ސައްހަ ނޫންކަން އެނގެ އެވެ. މި ރައުޔު އަށް، މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުން ވަނީ ތާއީދުކުރައްވައިފަ އެވެ.
ހުކުމުގައި ވަނީ ޝަރޫ ލޯންޗަށް ފައިސާ ދޭން ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ބާތިލް ކަމަށާއި އެކަމަކު އިންޝުއަރެންސްގެ މުއާމަލާތާ ގުޅިގެން ޝަރޫ ލޯންޗުން އަމާނާ ތަކަފުލް އަށް ދައްކާފައިވާ ތަކާފުލް ކޮންޓްރިބިއުޝަން ފައިސާ އަނބުރާ ޝަރޫ ލޯންޗަށް ދޭންޖެހޭނެ ކަމަށެވެ.
* ނޯޓް: ޚަބަރު އެންމެ ފުރަތަމަ ޝާއިއުކުރި އިރު، ލޯންޗް ބަނދެ ނިމުނީ 1998 ގައި ކަމަށް ޝަރޫން ބުނި ކަމަށް، ލިޔުމުގެ ކުށަކުން ޖެހިފައި އޮތުމުން، "2010" އަށް ބަދަލުކޮށް ލިޔުން އިސްލާހުކޮށްފައި.
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
އިސްލާމިކް ފައިނޭންސްގެ އެވޯޑުތަކެއް ކުންފުނިތަކަކަށް
މައިބަދައަށް އަނިޔާވެ އުއްތަމަ ފަނޑިޔާރު އެޑްމިޓްކޮށްފި
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް