ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2003 ގެނެސްދިން ފިލްމު "ކަލް ހޯ ނަ ހޯ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ޝާހްރުކް ޚާނާއި ޕްރިތީ ޒިންތާ އަދި ސައިފް އަލީ ޚާން ލީޑް ރޯލު ކުޅުނު އެ ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ކަރަންގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމުގެ ޑައިރެކްޓަރަކީ ނިކިލް އަދުވާނީ އެވެ.
02 ޖުލައި 2021
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2003 ގެނެސްދިން ފިލްމު "ކަލް ހޯ ނަ ހޯ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ޝާހްރުކް ޚާނާއި ޕްރިތީ ޒިންތާ އަދި ސައިފް އަލީ ޚާން ލީޑް ރޯލު ކުޅުނު އެ ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ކަރަންގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމުގެ ޑައިރެކްޓަރަކީ ނިކިލް އަދުވާނީ އެވެ.
"ކަލް ހޯ ނަ ހޯ" ގެ ރޯލުތައް ކުޅުނު ފަންނާނުންގެ ތެރޭގައި ޕްރިތީގެ ކޮއްކޮއިންގެ ރޯލު ކުޅުނު އަތީތު ނައިކް އާއި ޖަނަކް ޝުކްލާ ހިމެނެ އެވެ. އެ ފިލްމުގައި ޝިވް ކަޕޫރްގެ ރޯލު ކުޅުނު އިރު، އަތީތު އަށް 8 އަހަރެވެ. އޭގައި އޭނާ ކުޅުނީ ހިނގުމުގައި ނުކުޅެދުންތެރިކަމެއް ހުންނާތީ އަސާ ޖަހައިގެން އުޅޭ ކުއްޖެއްގެ ރޯލެވެ.
އަތީތު އަށް މިހާރު 26 އަހަރެވެ. އޭނާ ވަނީ އެކްޓިން ދޫކޮށްލައި އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީން 2014 ގައި ފިލްމު މޭކިން ދާއިރާ އިން ގްރެޖުއޭޓްވެފަ އެވެ. އޭނާ އަކީ މިހާރު ކުޅަދާނަ ސިނަމަޓޯގްރާފަރެކެވެ.
އަމިއްލަ ދިރިއުޅުމަށް ބަލާ އިރު ކައިވެނިކޮށްގެން އަތީތުގެ މިހާރު ދެ ދަރިން ވެސް އެބަތިއްބެވެ. އޭނާގެ އަންހެނުންނަކީ ޑރ. އަކްޝަދާ ކަދަމް ނައިކް އެވެ.
"ކަލް ހޯ ނަ ހޯ" ގެ އިތުރުން އަތީތަކީ އެހެން ބައެއް ފިިލްމުތަކާއި ވަރަށް ގިނަ ޓީވީ އިޝްތިހާރުތައް ވެސް ކުޅުނު ފަންނާނެކެވެ. ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އޭނާ ހަތް ފިލްމެއްގައި މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި 2004 ގެ "އާބްރާ ކާ ދާބްރާ" ހިމެނެ އެވެ.
އަތީކް ބުނި ގޮތުގައި އެކްޓިން ދޫކޮށްލީ އަމިއްލަ އަށް ބޭނުންގެންނެވެ. އަދި އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ބޮޑުވަމުން އައި އިރު، ފިލްމީ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ޝައުގުވެރި ކަމެއް ދެވުނީ ކެމެރާއަށެވެ. އެހެންވެ ސިނަމަޓޯގްރަފީ އަށް ހާއްސަވާން ނިންމީ އެވެ.
މިހާތަނަށް އޭނާ 300 އަށް ވުރެ ގިނަ ކުރު ފިލްމު ހަދާފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ފިލްމުތައް ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ދައްކާފައިވެ އެވެ. އޭގެ ތެރޭގައި 2013 ގައި ހެދި "ދަ ގާލް އިން ދަ ވުޑްސް" ހިމެނެ އެވެ. އަތީތު މިހާތަނަށް 35 ވީޑިއޯ ލަވަ ވެސް ކެމެރާކޮށްފައިވެ އެވެ.
"އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރި. އެކްޓިން ދޫކޮށްލުމަކީ އެއްވެސް އިރެއްގައި ރިގްރެޓްކުރާ ކަމެއް ނޫން،" އަތީތު ބުންޏެވެ.
އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކުރަމުން އަން އަތީތު ކެމެރާކޮށްފައިވާ ފީޗާ ފިލްމުތަކުގެ ތެރޭގައި 2016 ގެ ހޮލީވުޑްގެ ބިރުވެރި ފިލްމު "ދި އައިޑީ" އާއި އިންޑިއާގެ ވެބް ސީރީޒް "ކާލޭ ދަންޑޭ" އަދި ސީރީޒް "ސެކްސް، ޑްރަގްސް އެންޑް ތިއޭޓާ" ހިމެނެ އެވެ.
އަތީތު ބުނި ގޮތުގައި އެކްޓިން ދޫކޮށްލައި ކެމެރާގެ މަސައްކަތަށް ހާއްސަވީ އެ ދާއިރާގައި މަސައްކަތްކުރާ މީހުން އަދިވެސް ނިސްބަތުން މަދުކަމުންނެވެ.
"އެކްޓްކުރާ މީހުން ބައިވަރު. އެކަމަކު ކެމެރާ ސައިޑްގައި މަސައްކަތްކުރާ ހުނަރުވެރި މީހުން ނިސްބަތުން ވަރަށް މަދު. އެހެންވެ އަހަރެން ބޭނުންވީ އެކްޓިން ދޫކޮށްލާފައި މުހިއްމުކަން ބޮޑު ދާއިރާއަކަށް ހުސްވާން." އޭނާ ބުންޏެވެ.
އަތީތު ބޮޑުވެ މަސައްކަތުގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްފައިވާ އިރު "ކަލް ހޯ ނަ ހޯ" ގައި އޭނާގެ ކޮއްކޮ ޖިއާ ކަޕޫރްގެ ރޯލު ކުޅުނު ޖަނަކް ޝުކްލާ، 25، ވެސް ވަނީ އެކްޓިން ދޫކޮށްލައިފަ އެވެ. އޭނާ އަކީ މިހާރު އާކިއޮލޮޖިސްޓެކެވެ.
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ކަރަންގެ ފިލްމުގެ ސެޓުން އިބްރާހީމްގެ ފޮޓޯތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަރްޔަން ބޮލީވުޑަށް ތައާރަފުކުރަން ހުށަހެޅުންތައް
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ޝާހްރުކްގެ ދަރިފުޅު އަރިއަން ބޮލީވުޑް ދަތުރު ފަށަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް