01 ޖުލައި 2021
ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން ބޭނުން ނަމަ ވަރަށް އާދައިގެ ކަމެއް ކޮށްލައިގެން ވެސް އެކަން ކުރެވިދާނެ އެވެ. އިނގިރޭސިވިލާތުގެ މި މީހާ ކުރި ކަމަކީ އާދައިގެ ހޫނު މިނެއްގައި ހުރި އާދައިގެ ސައިޒްގެ ކޮފީ ތައްޓެއް އެންމެ އަވަހަށް ބޯލުމެވެ. ނަން އެ އޮތީ ރެކޯޑް ފޮތުގަ އެވެ.
ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން ބޭނުން ނަމަ ވަރަށް އާދައިގެ ކަމެއް ކޮށްލައިގެން ވެސް އެކަން ކުރެވިދާނެ އެވެ. އިނގިރޭސިވިލާތުގެ މި މީހާ ކުރި ކަމަކީ އާދައިގެ ހޫނު މިނެއްގައި ހުރި އާދައިގެ ސައިޒްގެ ކޮފީ ތައްޓެއް އެންމެ އަވަހަށް ބޯލުމެވެ. ނަން އެ އޮތީ ރެކޯޑް ފޮތުގަ އެވެ.
މިއީ އިނގިރޭސިވިލާތުގެ ލަންޑަންގައި އުޅޭ ލޫކް އިބެޓްސަންގެ ކާމިޔާބީގެ ވާހަކަ އެވެ. އެންމެ އަވަހަށް، ހޫނު ކޮފީ ތައްޓެއް ބޯލުމުގެ ރެކޯޑް އޭނާ ހެދީ އެންމެ 3.66 ސިކުންތުން ކޮފީ ތަށި ހުސްކޮށްލައިގެންނެވެ. އެ ރެކޯޑް އޭނާ ހެދީ ޑިސެމްބަރު 5، 2020 ގަ އެވެ. ރެކޯޑް ކަށަވަރުކޮށްދީ ގިނިސް ވޯލްޑް ރެކޯޑުން ލޫކަށް މިހާރު ވަނީ ރަސްމީކޮށް ރެކޯޑްގެ ސެޓްފިކެޓް ވެސް ދީފަ އެވެ.
އޭނާ ކިޔައި ދިން ގޮތުގައި ކޮފީ އަކީ އުމުރުން ހަ އަހަރުން ފެށިގެން ބޯން އާދަވެފައިވާ އެއްޗެކެވެ. އަދި ބޮޑުވި ފަހުން ކޮފީއާ ނުލައި އެންމެ ދުވަހަކު ވެސް ނޫޅެވޭ ކަމަށް ބުންޏެވެ. ކޮފީއެއް ބޯލައިގެން ރެކޯޑް ހެއްދުމުގެ ހިޔާލު އައީ އާންމުކޮށް އާއިލާގެ އެހެން މީހުންނާ ހިލާފަށް ލޫކާއި އޭނާގެ ކޮއްކޮއިންނަކީ ކާންބޯން ނަގާ ވަގުތު ވަރަށް އަވަސް ބަޔަކަށްވުމެވެ. އަދި ހޫނު އެއްޗެހި އަވަހަށް ބުއިމާއި ކުޅިގަދަކޮށް ކެއުމަކީ ވެސް ލޫކް އާއި އޭނާގެ ކޮއްކޮއިންނަށް ވަރަށް އާދައިގެ ކަމެކެވެ.
this is how you spend a lockdown https://t.co/d1h1i5sUXg
— Guinness World Records (@GWR) June 28, 2021
"ދެން ލޮކްޑައުންގެ ތެރޭގައި ގޭގައި އަބަދު އިންނަން ޖެހުނީމަ ހިތަށް އަރައިފި ވެއްޖޭ ހޫނު ކޮފީއެއް އަވަހަށް ބޯލައިގެން ރެކޯޑެއް ހެދޭތޯ ބަލަން،" އޭނާ ބުންޏެވެ. "އެގޮތަށް އައި ހިޔާލަކުން ލިބުނު ކާމިޔާބީއެއް މިއީ."
ލޫކް ބުނި ގޮތުގައި ހޫނު ކޮފީ ތަށި އެއް ނޭވައިން ބޯލީ ރެކޯޑް ކަށަވަރުވާނެކަމުގެ އުންމީދު ވެސް އޮތުމުންނެވެ.
"އެކަމަކު ކޮފީ ތަށި ބޯލި ފަހުން އަނގަ އާންމު ހާލަތަކަށް އަންނަން ދިހަ ވަރަކަށް މިނިޓް ނެގި،" އޭނާ ބުންޏެވެ.
ލޫކް ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ދުވަހުގެ ފެށުން ހޫނު ކޮފީއެއް ނުވަތަ ސައި ތައްޓަކުން ފަށާ މީހެކެވެ. އަދި އެއީ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި ވަކިން ހާއްސަކޮށް ކޮފީއާ ނުލައި މިހާރު ނޫޅެވޭ ކަމަށް ބުންޏެވެ.
"ކޮފީ ނުވަތަ ސައިތައްޓަކާ އެކު އަހަރެން ހެނދުނު ހެނދުނާ ކުރާ ކަންކަމުގެ ތެރޭގައި ފޮތް ކިޔުމާއި ލިޔުމާއި ގިޓާ ކުޅުމާއި ކަސްރަތު ކުރުން ވެސް ހިމެނޭ،" ލޫކް ބުންޏެވެ. "ދެން ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ސަޔާއި ކޮފީ އަކީ އަހަރެންގެ އެންމެ ހާއްސަ އެއްޗެހި."
އޭނާ ބުނި ގޮތުގައި މި ފަހަކަށް އައިސް އޯޓް ކިރާއި ކާށިކިރު ލާޓޭ އަކީ ވެސް ވަރަށް ގިނައިން ބޮވޭ އެއްޗިއްސެވެ.
އުމުރުން އެންމެ ދުވަސްވީ އާ ބުޅަލެއް ރެކޯޑު ފޮތަށް
200 ތަށި ކޮފީ ބޮއެ، އޯވަޑޯޒްވެގެން މީހަކު މަރު
ބައްޔަކާ ހެދި އާއިލާއަކަށް ރެކޯޑެއް
ވައެއް ލައިގެން ހެދި ރެކޯޑެއް މުގުރާލައިފި
"ވަން ޑިރެކްޝަން" ގެ މެމްބަރަކަށް ރެކޯޑެއް
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
އިސްކޮޅުގެ ފަރަގު ބޮޑު، ދިރިއުޅުމުގައި ތަފާތެއް ނެތް
ކަޅު ކޮފީން ހިތަށް ބޮޑު ފައިދާއެއް؛ ހަކުރު ނާޅާތި!
ކޮފީން ފިރިހެނުންގެ އިވުމުގެ ހިއްސު ރަނގަޅުކޮށްދޭ