Roadha Mihaaru
ވައެއް ލައިގެން ހެދި ރެކޯޑެއް މުގުރާލައިފި

ވައެއް ލައިގެން ހަދާފައި އޮތް ރެކޯޑެއް މުގުރާލައިފި

02 ޑިސެމްބަރ 2021

އާންމުކޮށް ގަދައަށް ކައިފި ނަމަ ބަނޑުފުރި ވައިލެވޭ ގޮތްވެ އެވެ. އެކަމަކު މިއީ ބައެއް މީހުންނަށް ލަދުވެތި ކަމެއް ވެސް އެވެ. ހާއްސަކޮށް ގިނަ ބަޔަކު ތިބި ތަނެއްގައި ބާރަށް ވައެއް ލެވުމަކީ ވަރަށް ވެސް ލަދުވެތި ކަމެކެވެ. އެކަމަކު މި ވެސް މިހާރު ފާޑެއްގެ "އާޓް" އެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ގަދައަށް ކައިފި ނަމަ ބަނޑުފުރި ވައިލެވޭ ގޮތްވެ އެވެ. އެކަމަކު މިއީ ބައެއް މީހުންނަށް ލަދުވެތި ކަމެއް ވެސް އެވެ. ހާއްސަކޮށް ގިނަ ބަޔަކު ތިބި ތަނެއްގައި ބާރަށް ވައެއް ލެވުމަކީ ވަރަށް ވެސް ލަދުވެތި ކަމެކެވެ. އެކަމަކު މި ވެސް މިހާރު ފާޑެއްގެ "އާޓް" އެކެވެ.

ގައިމު ވެސް ގިނިސް ވޯލްޑް ރެކޯޑުން ބުނަނީ އެހެންނެވެ. އެންމެ ބާރަށް ވައެއް ލައިގެން ފިރިހެނަކު ރެކޯޑެއް ހެދީ މީގެ 12 އަހަރު ކުރިންނެވެ. އެއީ އިނގިރޭސިވިލާތުގެ ޕޯލް ހަން އެވެ. އޭނާ އަށް ބާރަށް ވައިލުމުގެ ރެކޯޑް ލިބުނީ 109.9 ޑެސަބަލްސް (ޑީބީ) ގައި ވައި ރެކޯޑްކޮށްގެންނެވެ.

އޭނާގެ މި ރެކޯޑް މި އަހަރު މުގުރައިލީ އޮސްޓްރޭލިއާގެ މީހެއް ކަމަށްވާ ނެވިލް ޝާޕް އެވެ. މިދިޔަ ޖުލައި މަހުގެ 29 ގައި ޑާވިން އަށް ނިސްބަތްވާ މީހާ ހެދި ރެކޯޑް، މިހާރު ރަސްމީކޮށް ކަށަވަރުކޮށް ދީފައިވާ އިރު، ނެވިލް ރެކޯޑް ހެދީ 112.4 ޑީބީންނެވެ.

ނެވިލް ބުނި ގޮތުގައި ރެކޯޑް ކަށަވަރުވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ އެވެ. ސަބަބަކީ ކުރިން ހަދާފައި އޮތް ރެކޯޑް މުގުރާލަން ބޭނުންވުމާއި މާ ގިނަ ދުވަސް ވަންދެން އެ ރެކޯޑް އެހެން މީހެއްގެ އަތުގައި އޮތް އޮތުމެވެ.

"އެކަން ހާސިލުވުމަކީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް." ނެވިލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީގެ 45 އަހަރު ކުރިން ފެށިގެން ދަސްކުރަމުން އައި ވައިލުމުގެ "އާޓް" އަކީ އޭނާގެ އެއްބަނޑު އެއްބަފާ މީހުންގެ ފަރާތުން ދަސްވި ކަމެކެވެ. ނެވިލްގެ ދައްތަ ސޭންޑީ (ޝާޕް) ހަންޓް އަކީ މިކަމުގައި ވަރަށް ކުޅަދާނަ މީހެކެވެ. ދައްތަގެ ފަރާތުން ދަސްވި "އާޓް" އެންމެ ފަހުން ދުނިޔޭގެ ރެކޯޑަކަށް ވުމުން ނެވިލް ބުނީ މިއީ ވެސް "އަގެއް ހުރި" ކަމެއް ކަމަށް މިހާރު ގަބޫލުކުރެވިއްޖެ ކަމަށެވެ.

"ވައެއް ލައިގެން ރެކޯޑެއް ހަދަން އެންމެ ބޮޑަށް ހިތްވަރު ދިން މީހަކީ އަންހެނުން [ކޭޕީ]. އޭނަގެ އެހީތެރިކަމާ އެކު އަހަރެން މިކަން އިތުރަށް އިމްޕްރޫވް ކުރަން މަސައްކަތް ކުރާތާ ވެސް ދިހަ ވަރަކަށް އަހަރު ވެދާނެ،" ނެވިލް ބުންޏެވެ. "އަދި މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ލާ ވައި ވީހާ ވެސް ސައްހަކޮށް ރެކޯޑް ކުރެވޭނެ ޑިވައިސްއެއް ހޯދަން އުނދަގޫވުން."

އެންމެ ބާރަށް ވައެއް ލި އަންހެނާގެ ރެކޯޑް އޮތީ އިޓަލީގެ މީހެއް ކަމަށްވާ އެލީޒާ ކެގްނޯނީގަ އަތުގަ އެވެ. އޭނާ އަށް 2009 ގައި އެ ރެކޯޑް ލިބުނީ 107.0 ޑީބީގައި ވައި ރެކޯޑްކޮށްގެންނެވެ.