Roadha Mihaaru
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ

ވިންޑޯސް އިން 20 އަހަރު ފަހުން އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ

28 ޖޫން 2021

ވިންޑޯސްގެ އަހުލުވެރިންނަށް ކުރިއަށް ދެން އޮތީ ވިންޑޯސް 11 އެވެ. އަންނަ ނޮވެމްބަރު މަހު މި ބޭނުންކުރަން ލިބޭއިރު އެތައް ކަމެއް ބަދަލުކޮށް ފަސޭހަކޮށްދޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވިންޑޯސްގެ އަހުލުވެރިންނަށް ކުރިއަށް ދެން އޮތީ ވިންޑޯސް 11 އެވެ. އަންނަ ނޮވެމްބަރު މަހު މި ބޭނުންކުރަން ލިބޭއިރު އެތައް ކަމެއް ބަދަލުކޮށް ފަސޭހަކޮށްދޭނެ އެވެ.

މިއާ އެކު އިންޓަނެޓް އެކްސްޕްލޯރާގެ ނިމުން ކުރިން ނިންމާފައި އޮތް ސުންގަޑިއަށް ވުރެ ވެސް އަވަސްވާނެ އެވެ. ސަބަބަކީ އާ އޯއެސް އިން ދުވަސްވީ ބްރައުޒާ މި ބްރައުޒާ ފޮހެލާނެތީ އެވެ.

ކުރިން ނިންމާފައި އޮތް ގޮތުން އިންޓަނެޓް އެކްޕްސްޕްލޯރާގެ "ޖަނާޒާ" އޮތީ އަންނަ އަހަރުގެ ޖޫން 15 އަށް ތާވަލުކޮށްފަ އެވެ. އޭގެ ފަހުން ވިންޑޯސް 10 ގައި އެ ބޭނުމެއް ނުކުރެވޭނެ އެވެ. ވިންޑޯޒް 11 އާ އެކު އަންނަ މި ބަދަލާ އެކު، އާ އޯއެސްގައި ބޭނުން ކުރެވޭނީ މައިކްރޮސޮފްޓް އެޖް ޑިފޯލްޓް ބްރައުޒާ އެވެ.

ވިންޑޯސް 11 އާ އެކު މި ގެންނަ ބަދަލަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އާ އޯއެސްއާ އެކު މައިކްސޮރޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ އެކަހަރިކޮށްކޮށްލާ ފުރަތަމަ ފަހަރެވެ. އެހެން ނޫނަސް ދެން އެ ބްރައުޒާ ނެތިގެން މިހާރު މާ ގިނަ ބަޔަކަށް މައްސަލަކަށް ނުވާނެ އެވެ.

އެއަށް ވުރެ ފަހުން ތައާރަފުވި ބްރައުޒާތަކުގެ މަގުބޫލުކަން މިހާރު މާ ބޮޑެވެ. އޭގެ ތެރޭގައި ކްރޯމް އާއި ފަޔަފޮކްސް، އޮޕެރާ އަދި ސަފާރީ ހިމެނެ އެވެ.