Roadha Mihaaru
އެޖް ބްރައުޒާ ބަލައިގެން ބޭނުންކުރޭ، ބަގެއް އެބަ އުޅޭ

މައިކްރޮސޮފްޓް އެޖް ބްރައުޒާ ބަލައިގެން ބޭނުންކުރޭ، ބަގެއް އެބަ އުޅޭ

13 މެއި 2017

މައިކްރޮސޮފްޓް ވޯޑް ގައި ވެސް މި ކަހަލަ މައްސަލައެއް އުޅެ އެވެ. ތާނަ ލިޔުމެއް "ޕީޑީއެފް" އަށް ބަދަލުކުރުމުން އަކުރުތައް ބުރައިގެން ދިއުމެވެ. ބައެއް ފަހަރު ބައެއް އަކުރުގައި ފިލި ވެސް ނުހުރެ އެވެ. މި ފަހަރު މި އޮތީ އެކަލަ އެހެން މައްސަލައެއް ދިމާވި އެހެން މީހެއްގެ ވާހަކަ އެވެ. ތަފާތަކީ އޭނާ ބޭނުންކުރި ސޮފްޓްވެއާ އެޕްލިކޭޝަނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް ވޯޑް ގައި ވެސް މި ކަހަލަ މައްސަލައެއް އުޅެ އެވެ. ތާނަ ލިޔުމެއް "ޕީޑީއެފް" އަށް ބަދަލުކުރުމުން އަކުރުތައް ބުރައިގެން ދިއުމެވެ. ބައެއް ފަހަރު ބައެއް އަކުރުގައި ފިލި ވެސް ނުހުރެ އެވެ. މި ފަހަރު މި އޮތީ އެކަލަ އެހެން މައްސަލައެއް ދިމާވި އެހެން މީހެއްގެ ވާހަކަ އެވެ. ތަފާތަކީ އޭނާ ބޭނުންކުރި ސޮފްޓްވެއާ އެޕްލިކޭޝަނެވެ.

އޭނާ ބޭނުންކުރީ މައިކްރޮސޮފްޓް އެޖް ބްރައުޒާ އެވެ. ކުރީ އެއް މަސައްކަތެކެވެ. "ޕްރިންޓް ޓް ޕީޑީއެފް" ބޭނުންކޮށްގެން ލިޔުމެއް "ޕީޑީއެފް" ފައިލަކަށް ހެދީ އެވެ. ލިޔުމުގައި ލޭބަލްކޮށްފައި ހުރި ގޮޅިތަކެއްގައި ހުންނަން ޖެހޭ އަދަދުތަކެއް، އެހެން ގޮޅިއަކަށް ފުންމައިގެން ދާކަން އޭނާ ވަނީ ކަށަވަރުކޮށްފަ އެވެ.

މައިކްރޮސޮފްޓަށް އެކަން ރިޕޯޓްކުރުމުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ގޫގުލް ކްރޯމް އަށް ވުރެ އެޖް މޮޅުކުރަން ދެއްކިހާ ވާހަކަތައް އެ ވަނީ ފަނު ފުލުން ގޮސްފަ އެވެ. އެޖް ބްރައުޒާ ދެކެ މީހުން ބިރުގެންފި އެވެ.

މިއީ ބަލާބެލުމަށް ކުޑަކަމެއް ކަމަށް ހީވެދާނެ އެވެ. އެކަމަކު ވިޔަފާރި ކުންފުންޏަކުން ތައްޔާކުރާ މުހިންމު އިންވޮއިސްއެއްގައި މި ކަހަލަ މައްސަލައެއް ޖެހިއްޖެ ނަމަ، ބައެއްގެ ވަޒީފާ ވެސް ގެއްލިދާނެ އެވެ. ސިއްހީ ދާއިރާއާ ގުޅޭ ލިޔުމަކަށް ބަދަލެއް އަތުވެއްޖެ ނަމަ، ބަލި މީހަކަށް ނުބައި ބޭހެއް ވެސް ދެވިދާނެ އެވެ. ނުބައި ލެއެއް ވެސް އެޅިދާނެ އެވެ. އިމާރާތްކުރާ ކުންފުންޏަކުން ކުރަހާ ޗާޓެއް އޮޅި، ނުބައި މިންގަނޑަކަށް ސިމެތި ވެސް ގެށިދާނެ އެވެ.

މައިކްރޮސޮފްޓް ވޯޑް އަދި އެޖް ބްރައުޒާއިން ދިމާވި ކަހަލަ މައްސަލައެއް، އަހަރެމެންނަށް ތަޖުރިބާކުރެވޭ ފަހަރު ފަހަރު ގަބޫލުކުރެވެނީ، އަހަރެމެން ބޭނުންކުރާ ކޮމްޕިއުޓަރުގައި ނުވަތަ ޕްރިންޓަރުގައި އުޅޭ މައްސަލައެއް ކަމަށެވެ. އަހަރެމެން ގޯސްކުރަނީ އަހަރެމެންނެވެ. މައިކްރޮސޮފްޓް ކަހަލަ ބޮޑު ކުންފުންޏެއް ގޯހެއް ހަދާފާނެ ކަމަށް ހިތަށް ވެސް ނާރަ އެވެ.

މައިކްރޮސޮފްޓް އޮފީސް 2013 ގައި ވެސް މި މައްސަލަ އެބަ އުޅެ އެވެ. އެ އަށް ވުރެ ފަހުގެ އަދަދެއް އަދި ތަޖުރިބާނުކުރަމެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ކޮންޕިއުޓަރާ ގުޅާފައި ހުރި ޕްރިންޓަރެއްގެ ސަބަބުން ވެސް އެހެން ވެދާނެ އެވެ. އެހެން ނަމަވެސް، މައިކަރޮސޮފްޓް ސޮފްޓްވެއާއެއް ބޭނުންކޮށްގެން ލިޔުމެއް ޕީޑީއެފް އަށް ބަދަލުކުރާ ނަމަ ހޭވެރިވާށެވެ. ނޫން ނަމަ ކޮންމެވެސް އެހެން ބައެއްގެ ސޮފްޓްވެއާއެއް ބޭނުންކުރާށެވެ. މައިކްރޮސޮފްޓުން ވަކި އެއްޗެއް އަންގަންދެންނެވެ.