Roadha Mihaaru
މައިކްރޮސޮފްޓަށް 300 މިލިއަން ކަސްޓަމަރުން ގެއްލިއްޖެ

މައިކްރޮސޮފްޓަށް 300 މިލިއަން ކަސްޓަމަރުން ގެއްލިއްޖެ

08 ނޮވެމްބަރ 2016

ވިންޑޯޒް ގަންނަ ކޮންމެ މީހަކަށް އިންޓަނެޓް އެކްސްޕްލޯރާ ލިބެ އެވެ. އިންޓަނެޓް ބްރައުޒާ މާކެޓްގައި މައިކްރޮސްފްޓް ގަދަ ބާރަކަށް ވި ސަބަބަކީ އެއީ އެވެ. ވިންޑޯޒްއާ އެކު އިންޓަނެޓް އެކްސްޕްލޯރާ ބަންޑެލިކުރުމުން ވާދަވެރި ބްރައުޒާތަކަށް ހިތްވަރު ދޭނެ ބަޔަކު ނުވި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް ގަންނަ ކޮންމެ މީހަކަށް އިންޓަނެޓް އެކްސްޕްލޯރާ ލިބެ އެވެ. އިންޓަނެޓް ބްރައުޒާ މާކެޓްގައި މައިކްރޮސްފްޓް ގަދަ ބާރަކަށް ވި ސަބަބަކީ އެއީ އެވެ. ވިންޑޯޒްއާ އެކު އިންޓަނެޓް އެކްސްޕްލޯރާ ބަންޑެލިކުރުމުން ވާދަވެރި ބްރައުޒާތަކަށް ހިތްވަރު ދޭނެ ބަޔަކު ނުވި އެވެ.

ގޫގުލުން ކްރޯމް ބްރައުޒާ ލޯންޗްކުރުމާ އެކު މަސްރަހު ބަދަލުވާން ފެށި އެވެ. ކްރޯމް ބޭނުންކުރާ މީހުން ގިނަވެ، އިންޓަނެޓް އެކްސްޕްލޯރާ ބޭނުންކުރާ މީހުން މަދުވާން ފެށި އެވެ. މާކެޓް ދިރާސާކުރާ މީހުން ބުނާ ގޮތުގައި، މި އަހަރު އެކަނި ވެސް، 300 މިލިއަން މީހުން އިންޓަނެޓް އެކްސްޕްލޯރާ ވަނީ ދޫކޮށްލާފަ އެވެ.

އިންޓަނެޓް އެކްޕްލޯރާ އެންމެ ޗާލު ދުވަސްވަރު ވާދަވެރި ބްރައުޒާތަކަަށް މައިކްރޮސޮފްޓުން ހުރަސްއެޅި އެވެ. އެއިން ބްރައުޒާއެއް ވިންޑޯޒްގައި ހިމަނަން އިންކާރުކުރި އެވެ. ވާދަވެރި ބްރައުޒާތައް ވިންޑޯޒް މާހައުލުގައި ހެލިފެލިވެ އުޅުން ބުރަކުރި އެވެ. އެެހެން ނަމަވެސް ގޫގުލް ކްރޯމް އާއި މޮޒިއްލާ ފަޔާފޮކްސް ފަދަ މަދު ބްރައުޒާއެއް ދެމެހެއްޓުމަށް ސަޕޯޓަރުން ކުރި މަސައްކަތުން ހެޔޮ ނަތީޖާ ވަނީ ފެނިފަ އެވެ.

ގޫގުލް ކްރޯމް ނުވަތަ ފަޔާފޮކްސް ނޫން ބްރައުޒާއެއް ބޭނުންކުރަން ގިނަ ބަޔަކު މިހާރު ނުރުހެ އެވެ. އިންޓަނެޓް އެކްސްޕްލޯރާ ދެކެ ވާ ފޫއްސެއްގެ ސަބަބުން ޑިވެލޮޕަރުން ވެސް އަހަންމިއްޔަތުކަމެއް ދޭކަށް ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް އެއީ އަދި ވެސް އެންމެ ގިނަ މީހުން ބޭނުންކުރާ ބްރައުޒާ އަށް ވާތީ މުޅިން ދޫކޮށްލެވޭކަށް ނޯވެ އެވެ.

މައިކްރޮސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައި "އެޖް ބްރައުޒާ" އަށް ވަނީ ބަދަލުކޮށްފަ އެވެ. ވިންޑޯޒް 10 ބޭނުންކުރާ ކޮންމެ މީހަކަށް ވެސް އެޖް ބްރައުޒާ ބޭނުންކުރުމަށް ވިންޑޯޒް ފުރުސްތު ދެ އެވެ. އެޖް ބްރައުޒާ ބޭނުންކުރުން އެހާ ފަސޭހަކޮށްދީފައި ވި ނަމަވެސް، މައިކްރޮސޮފްޓަށް ބޭނުންކުރާ މީހުން ދަނީ ގެއްލެމުންނެވެ.

ކޮމްޕިއުޓަރު މާކެޓްގައި މައިކްރޮސްޓްގެ ހައިސިއްޔަރު ވަރުގަދަ ނަމަވެސް، އިންޓަނެޓް ބްރައުޒާ އަށް އެ ސަޕޯޓެއް ނެތެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑެސްކްޓޮޕް މާކެޓްގައި 91 ޕަސެންޓް ވިންޑޯޒް ކަށަވަރުކުރެ އެވެ.