Roadha Mihaaru
ސްކޫލް ބަންދަށް އުގެއިލް ފައުންޑޭޝަނުން ޕްރޮގްރާމުތަކެއް

ސްކޫލް ބަންދާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ހިލޭ ޕްރޮގްރާމުތަކެއް

22 ޖޫން 2021

ސްކޫލް ބަންދާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމަކާއި "ލާން ޓު ތިންކް"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްކޫލް ބަންދާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމަކާއި "ލާން ޓު ތިންކް"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އުގެއިލް ފައުންޑޭޝަނުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް ހިލޭ ބައިވެރިވެވޭނެ ޕްރޮގްރާމްތައް ކަމަށެވެ. މި ޕްރޮގްރާމުތައް ކުރިއަށްދާނީ އަންނަ މަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ.

އިނގިރޭސި ދަސްކޮށްދޭ "ކްރިއޭޓިވް އިންގްލިޝް" ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ ޓިޔުޓަރުން މެދުވެރިކޮށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހަތް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮގްރާމުގައި އުފެއްދުންތެރި ލިޔުންތައް ލިޔާނެ ގޮތާއި އިނގިރޭސި ބަސްތައް ޕްރަނައުންސް ކުރާގޮތް ދަސްކޮށްދޭނެ އެވެ.

"ލާން ޓު ތިންކް" ޕްރޮގްރާމަކީ ޕްރޮފެސަރު އުގެއިލް ކިޔަވައިދެއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 16 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ޕްރޮގްރާމުގައި، ކަންކަމާ މެދު ވިސްނާނެ ގޮތާ ގުޅޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.

މި ދެ ޕްރޮގްރާމް ވެސް ކުރިއަށްގެންދާނީ އޮންލައިންކޮށް، ޒޫމް މެދުވެރިކޮށެވެ. އެހެންވެ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުއްޖަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮގްރާމުތަކުގައި ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާ ފޯމުތަކުގެ ލިންކުތައް (https://bit.ly/3wKQjK7) އުގެއިލް ފައުންޑޭޝަންގެ ފޭސްބުކް ޕޭޖުގައި އާއްމުކުރާ ޕޯސްޓުތަކުގައި ހިއްސާކުރާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 5:00ގެ ކުރިން މި ޕްރޮގްރާމުތަކުގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.