Roadha Mihaaru
ސްކޫލް ޗުއްޓީ އަށް އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަން

ސްކޫލް ޗުއްޓީ އަށް އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަން!

16 ޖޫން 2022

ކިޔަވާ ކުދިންނަށް ހުސް ވަގުތު އެންމެ ބޮޑަށް ލިބޭނީ ސްކޫލް ޗުއްޓީ ދުވަސްވަރުގަ އެވެ. އެ ދުވަސްވަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތެއް ހޯދުމަކީ ބައެއް ކުދިންގެ ބެލެނިވެރިންނަށް ވެސް ގޮންޖެހުމެކެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު އެއްކޮށް ކިޔެވުމާ ދުރަށް ހިނގައިދާނެތީ އޮންނަ ބިރު ބޮޑެވެ. އެ ހުރިހާ ކަމަކަށް ވިސްނައި، މި ފަހަރުގެ ޗުއްޓީ ދުވަސްވަރަށް އަމާޒުކޮށް، އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް" ގެ ޕްރޮގްރާމްތައް ފެށުމަށް ވަނީ ނިންމައިފަ އެވެ.

ކިޔަވާ ކުދިންނަށް ހުސް ވަގުތު އެންމެ ބޮޑަށް ލިބޭނީ ސްކޫލް ޗުއްޓީ ދުވަސްވަރުގަ އެވެ. އެ ދުވަސްވަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތެއް ހޯދުމަކީ ބައެއް ކުދިންގެ ބެލެނިވެރިންނަށް ވެސް ގޮންޖެހުމެކެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު އެއްކޮށް ކިޔެވުމާ ދުރަށް ހިނގައިދާނެތީ އޮންނަ ބިރު ބޮޑެވެ. އެ ހުރިހާ ކަމަކަށް ވިސްނައި، މި ފަހަރުގެ ޗުއްޓީ ދުވަސްވަރަށް އަމާޒުކޮށް، އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް" ގެ ޕްރޮގްރާމްތައް ފެށުމަށް ވަނީ ނިންމައިފަ އެވެ.

"ދަ ސާކަލް ބައި އުގެއިލް ފައުންޑޭޝަން" ގެ ފަރާތުން ސްކޫލް ޗުއްޓީ އަށް ހާއްސަކޮށް ޕްރޮގުރާމްތަކެއް ވަނީ ތައާރަފު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ބަސް ދަސްކުރުމާއި ކޯޑިން އެންޑް ތިންކިން ޕްރޮގްރާމެއް ހިމެނެ އެވެ.

އިނގިރޭސި ބަހުގެ ގަވާއިދުތަކާއި ވާހަކަ ލިޔުމާއި ޅެން ހެދުމާއި އުފެއްދުންތެރި ލިޔުން އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރުމުގެ ހުނަރު، އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ކިޔައިދޭނެ އެވެ. އެ ޕްރޮގްރާމުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓަރީ ކުރެވޭނީ އޮންލައިންކޮށެވެ.

ކޯޑިން ޕްރޮގްރާމްގައި ކިޔަވައި ދޭނީ ބޭސިކް ކޮމްޕިއުޓާ ކޯޑިން އާއި ކުއްޖާ އަމިއްލަ އަށް ތަފާތު ގޮތްގޮތަށް ވިސްނަން ދަސްކޮށްދިނުމާއި ކޯޑިންގެ އެންމެ ބޭސިކް ޕްރޮގްރާމުތަކާއި ލޭންގުއެޖް ތަކެވެ. އެ ޕްރޮގްރާމްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓަރީ ކުރެވޭނީ އޮންލައިންކޮށެވެ.

ދަ ސާކަލް އިން ބުނީ އެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭނީ އެ ދާއިރާތަކުން ތަޖުރިބާ ހޯދާފައިވާ އިނގިރޭސި ވިލާތުގެ މާހިރުން ކަމަށެވެ.

ސެޝަންތައް އޮންނާނީ ޒޫމް މެދުވެރިކޮށް، ހުރިހާ ކުދިންނަށް ވެސް އެ ކުއްޖަކު ހުރި ތަނަކުން ކްލާސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ކަމަށް ދަ ސާކަލް އިން ބުނެ އެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ކުދިންނާ މަސައްކަތް ހަވާލުކޮށް، ޖެހިގެން އަންނަ ހަފުތާގައި ޓީޗަރުން އެ މަސައްކަތް މުރާޖައާކޮށް، ކޮމެންޓު ކުރާނެ ކަމަށް ދަ ސާކަލް އިން ބުންޏެވެ.

އަންނަ މަހުގެ 1 އިން އެ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހުޅުވާލާފައި ވަނީ އުމުރުން 7-14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ. އެ ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ލިޔުމެއް ކުދިންނަށް ދޭނެ އެވެ.

އުގެއިލް ފައުންޑޭޝަނުން މިދިޔަ އަހަރު ވެސް ވަނީ ގިނަ ޕްރޮގްރާމުތަކެއް ހިންގައިފަ އެވެ. އެ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ޕްރޮގްރާމްތަކުގައި 7،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ދަ ސާކަލްގެ ނަމްބަރު 7310600 އިން ލިބޭނެ އެވެ.

އިނގިރޭސި ޕްރޮގްރާމްގެ ރަޖިސްޓްރޭޝަން ލިންކް: theCircle.ac/English22

ކޯޑިން ޕްރޮގްރާމް ރަޖިސްޓްރޭޝަން ލިންކް: theCircle.ac/Coding22