19 ޖޫން 2021
އިސްތިރި ހަޑިވެފައި ހުރި ނަމަ ކުލަ އަލި ހެދުމެއް އިސްތިރިކުރުމަކީ ފިކުރު ބޮޑުވާނެ ކަމެކެވެ. އެހެންވީމާ އިސްތިރީގެ ދަށްފުށް ސާފުކޮށްލެވިދާނެ ދެތިން ގޮތެއް އެނގިފައި އޮތުމަކީ ހައްލަކަށް ވާނެ އެވެ.
އިސްތިރި ހަޑިވެފައި ހުރި ނަމަ ކުލަ އަލި ހެދުމެއް އިސްތިރިކުރުމަކީ ފިކުރު ބޮޑުވާނެ ކަމެކެވެ. އެހެންވީމާ އިސްތިރީގެ ދަށްފުށް ސާފުކޮށްލެވިދާނެ ދެތިން ގޮތެއް އެނގިފައި އޮތުމަކީ ހައްލަކަށް ވާނެ އެވެ.
* އެއް ގޮތަކީ ބޭކިން ސޮޑާ އިން ޕޭސްޓެއް ހަދާފައި އެ ޕޭސްޓް އިސްތިރީގައި އުނގުޅުމެވެ. މިކަމަށް ބޭނުން ވާނީ ދެ ސައިމުސާ ބޭކިން ސޮޑާ އާއި އެއް ސައިސަމުސާ ފެނެވެ.
* ސާފު ކުޑަ ފޮތިކޮޅެއް ވިނިގާ އިން ފޯކޮށްލާފައި އިސްތިރީހެ ހަޑިވެފައިވާ ތަނުގެ މަތީގައި އަޅާފައި ބައިގަޑިއެއްހާ އިރު ވަންދަން ބާއްވާށެވެ. އޭރުން އިސްތިރީގައި ހުންނަ ހަޑިތަކާއި ދަބަރުގެ އަސަރެއް ހުރި ނަމަ އެ ވެސް ފިލާނެ އެވެ.
* އަނެއް ގޮތަކީ އިސްތިރި ސާފުކޮށްލަން ނޫސް ކަރުދާހަކާއި ލޮނު ބޭނުން ކުރުމެވެ. އިސްތިރި ގަދައަށް ހޫނުކޮށްލާނީ އެވެ. ދެން އިސްތިރިކުރާ ތަނެއްގެ މަތީގައި ނޫސް ކަރުދާސް ބާއްވާފައި އޭގެ މައްޗަށް ހެޔޮވަރު ވަރަކަށް ލޮނު ބުރުއްސާލައި، ވަށްބުރަކަށް ވާނެހެން ނޫސްކަރުދާސް މަތީގައި އިސްތިރި އަޅާނީ އެވެ.
ނޫސް ކަރުދާސް ނެތް ނަމަ ޕާރުސަލްކުރަން ބޭނުންކުރާ ކަހަލަ ބްރައުން ކުލައިގެ ކަރުދާހެއް ވެސް ރަނގަޅުވާނެ އެވެ.
* އިސްތިރީގައި ޕްލާސްޓިކް އެއްޗެެއް ތަތްލަވައިފި ނަމަ އެކަން ވެސް މާ ބޮޑު ކަމަކަށް ހަދާނެ ކަމެއް ނެތެވެ. އަވަހަށް އިސްތިރި ނިއްވާލައި ހޫނުކަން ކަނޑުވާން ބާއްވާށެވެ. ދެން އިސްތިރި ބޭއްވޭ ވަރުގެ ތިލަ ދަގަނޑު/އެލުމިނިއަމް ތައްޓެއް ނުވަތަ ތަވައެއްގެ ތެރެއަށް އައިސް ކިއުބް އަޅާފައި އިރުގަނޑެއް ވަންދެން ބަހައްޓާނީ އެވެ. އެއަށް ފަހު ޕްލާސްޓިކް ވަޅިއެއް ކަހަލަ އެއްޗަކުން، ވިރިފައި ހުރި ޕްލާސްޓިކްތައް އިސްތިރިން ފަސޭހައިން ނެއްޓިދާނެ އެވެ. ދެން ކުޑަފޮތިކޮޅެއް ވިނިގާ އިން ތެންމާލައި ހާކާލުމުން އިސްތިރި ހުންނާނީ، އަލުން އަނެއްކާ ވެސް ބޭނުން ކުރެވޭ ވަރަށް ރީތިކޮށް ސާފުވެފަ އެވެ.
އިސްތިރިއެއް.
* އިސްތިރި ހަޑިވެއްޖެ ނަމަ ނެއިލް ޕޮލިޝް ރިމޫވާއަކުން ވެސް ސާފުކޮށްލެވިދާނެ އެވެ. އަތަށް ގެއްލުމެއް ނުވާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަފަކޮޅެއް ނެއިލް ޕޮލިޝް ރިމޫވާ ފޯކޮށްލައި ހޫނު އިސްތިރީގައި އުނގުޅުމުން އިސްތިރި ސާފުވާނެ އެވެ. އެކަމަކު މި ގޮތަށް އިސްތިރި ސާފުކުރާއިރު ރަނގަޅަކީ ގޭތެރޭގައި ހުރެގެން ކުރުމަށް ވުރެ ބޭރަށް ނުކުމެ ކުރުމެވެ. އޭރުން ނެއިލް ޕޮލިޝް ރިމޫވާގައި އެކުލެވޭ ކެމިކަލްގެ އަސަރު ހަށިގަނޑަށް ކުރުން ދުރުވާނެ އެވެ.
* އިސްތިރި ސާފުކޮށްލެވިދާނެ އަނެއް ގޮތަކީ ދަތްއުނގުޅާ ބޭސް ބޭނުން ކުރުމެވެ. ހަޑިވެފައިވާ ތަނުގައި ބޭސްކޮޅެއް ހާކާލައި ފޮތިކޮޅަކުން މަޑުމަޑުން އުނގުޅަން ފެށުމުން ސާފުވާނެ އެވެ.
ތިން އަންހެނުންގެ ކަސަބު ބޯވަޅު އެޅި ލިބާސް
ޖަޕާނުގެ މަޖިލީހަށް ރެކޯޑް އަދަދަކަށް އަންހެނުން
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
އަނިޔާއާ ދެކޮޅަށް ބަންގްލާދޭޝްގެ އަންހެނުން މުޒާހަރާއަށް
އަންހެނަކަށް އިންސާފު ލިބެނީ ދިވެހި ފިލްމަކުން
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
އާއިލާއިން މީހަކަށް އަނިޔާކުރާ ކަމަށްބުނާ މައްސަލައެއް
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
ޕީރިއަޑް ތަދުން ލުއި ހޯދިދާނެ ބައެއް ގޮތްތައް