Roadha Mihaaru
ތެޔޮ ބޯޓު ދިޔަވާން ފެށުމުން ހަރަކާތްތެރިވާން ފަށައިފި

ގިނަ އަދަދެއްގެ ތެޔޮ ހިފައިގެން ދަތުރުކުރި އެސްޓީއޯގެ ބޯޓެއް ދިޔަވާން ފެށުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި

17 ޖޫން 2021

ގިނަ އަދަދެއްގެ ތެޔޮ ހިފައިގެން ދަތުރުކުރި އެސްޓީއޯގެ ބޯޓެއް މިއަދު ދިޔަވާން ފެށުމުން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ އަދަދެއްގެ ތެޔޮ ހިފައިގެން ދަތުރުކުރި އެސްޓީއޯގެ ބޯޓެއް މިއަދު ދިޔަވާން ފެށުމުން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ 17 ދިވެހިންނާއެކު 4.5 މިލިއަން ލީޓަރުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި "އެމްވީ އަލިހުރަސް" ދިޔަވާ ކަމަށް 3:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭރު އެ ތެޔޮ ބޯޓު އޮތީ ގދ. ފަރެސްމާތޮޑާ ކައިރީގަ އެވެ.

އާޒިމް ވިދާޅުވީ ދިޔަވުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެޔޮ ލީކްކުވުމުގެ މައްސަލައެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

އެ ބޯޓުގައި 4322.735 ލީޓަރުގެ ޑީސަލާއި 456.514 ލީޓަރުގެ ޕެޓްރޯލް ހުއްޓެވެ.