Roadha Mihaaru
ޔޫރޯއަށް އެކްސީޑުން ޑެލްޓާ ކޮފީމެޝިނުގެ އަގު ހެޔޮކޮށްފި

ޔޫރޯއާ ދިމާކޮށް އެކްސީޑުން ޑެލްޓާ ކޮފީ މެޝިނުގެ އަގު ހެޔޮކޮށްފި

12 ޖޫން 2021

އެކްސީޑް ފިހާރައިން ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ޑެލްޓާ ކޮފީ މެޝިން ހެޔޮ އަގުގައި ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެކްސީޑް ފިހާރައިން ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ޑެލްޓާ ކޮފީ މެޝިން ހެޔޮ އަގުގައި ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ކޮފީ ބްރޭކް ޕްރޮމޯޝަން" ގައި އެކްސީޑުން ވިއްކާ ދެ ވައްތަރުގެ ކޮފީ މެޝިނުން ވެސް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. ކުރިން 3،200ރ. އަށް ވިއްކަމުން އައި އެސްޕްރެސޯ މެޝިން މިހާރު 2،888ރ. އަށް ލިބޭނެ އެވެ. އަދި 4،200ރ. އަށް ދޭ ކޮފީ މެޝިން 3،888ރ. އަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮފީ މެޝިނާ އެކު ޑެލްޓާ ކޮފީ ތައްޓަކާއި 30 ކޮފީ ކެޕްސޫލް ވެސް ހިލޭ ލިބޭނެ އެވެ.

ޕޯޗުގަލްގެ އެންމެ މޮޅު ކޮފީ ބްރޭންޑް "ޑެލްޓާ" ކޮފީގެ ބީންސް އާއި ޑްރިޕް ކޮފީ އާއި ޑެލްޓާ ކަޕަޗީނޯ އާއި ފިލްޓާ ކޮފީ ވެސް އެ ފިހާރައިން ލިބޭނެ އެވެ. އެތަނުން ވިއްކާ ކޮފީ އޮންލައިންކޮށް ވެސް ގަނެވޭނެ އެވެ. އޯޑަރު ކުރާ ތަކެތި ޑެލިވަރީކޮށްދެނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އާ ދެމެދުގަ އެވެ. ޑެލިވަރީގެ ހިދުމަތް މާލެ އާއި ހުޅުމާލެ އާއި ބޯޓުތަކަށް ދޭނެ އެވެ.

އެކްސީޑުން މިހާރު ވަނީ އެ ކޮފީ އަށް ހާއްސަކޮށްގެން ޝޯރޫމެއް ވެސް މާލޭގައި ހުޅުވައިފަ އެވެ. މި ޝޯރޫމް ހުންނާނީ ބޮޑުރަސްގެފާނު މަގުގަ އެވެ.

މިއީ މިހާރު ވެސް ދިވެހިންގެ މެދުގައި މަގުބޫލު ކޮފީއެކެވެ. މި ކޮފީގެ ބާވަތްތައް މާލޭގެ ބައެއް ސުޕަމާޓުތަކުން ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި އޮރެންޖު މާޓާއި އިހުސާން ފިހާރަ 1 އަދި 3 އާއި ޝޮޕް އެން ސޭވް އާއި ވޯލްސްޓްރީޓާއި ހޯމް ޒޯން 2 އަދި އެގްޒޯޓީކް އީޓްސް ހިމެނެ އެވެ.