03 ފެބުރުއަރީ 2018
އެތައް މިލިޔަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްވިޒަލޭންޑްގެ މަޝްހޫރު މޫވެންޕިކް ކޮފީ ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.
އެތައް މިލިޔަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްވިޒަލޭންޑްގެ މަޝްހޫރު މޫވެންޕިކް ކޮފީ ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.
މޫވެންޕިކުން ބުނީ ރާއްޖެ އަށް ތައާރަފް ކޮށްފައިވަނީ އެ ކުންފުނީގެ ކޮފީ ބީންސް އާއި ކެޕްސޫލް ކަމަށެވެ. އަދި ވަރަށް އަވަހަށް ކޮފީ މެޝިންތައް ވެސް ވިއްކަން ފަށާނެ އެވެ. މިހާރު މާކެޓްގައި ހުރި މިފަދަ އުފެއްދުންތަކާ އަޅައި ބަލާއިރު މޫވެންޕިކްގެ އަގުތައް ވަރަށް ވާދަވެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޫވެންޕިކް ކޮފީ ރާއްޖެ އަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ރާއްޖެ އަށް މޫވެންޕިކް ކޮފީ ތައާރަފް ކުރީ އިއްޔެ ރޭ މާލޭ، އަބަދަށްފެހި މަގުގައި ހުންނަ މޫވެންޕިކް ރެސްޓޯރެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފޯރިގަދަ މިޔުޒިކް ހަރަކާތްތަކާ އެކު ބޭއްވި ރަސްމިއްޔާތުގައި އެ ކޮފީގެ ރަހަ ބެލުމުގެ ފުރުސަތު ވެސް ދިނެވެ. އަދި މޫވެންޕިކް ބޭރު ކުންފުނީގެ އިސް ބައެއް އިސް ވެރިން ވެސް ބައިވެރިވި އެވެ.
ރާއްޖެ އަށް ތައާރަފް ކުރީ މޫވެންޕިކް ކޮފީ ކެޕްސޫލްސް އާއި ބީންސް، އަގުތައް ވަރަށް ވާދަވެރިވާނެ ކަމަށް ވަނީ ބުނެފައި.
"އާންމުކޮށް އަޅުގަނޑުމެން މި ބޯ ކޮފީތަކާ މި ކޮފީއާ ވަރަށް ތަފާތުކަން އަޅުގަނޑަށް ފާހަގަވި. އެހެން ކޮފީތަކާ އަޅައި ބަލާއިރު މި ކޮފީގެ ރަހަ މީރުކަން ފާހަގަ ކުރެވޭ. މިހެން ބުންޏަސް އަސްލު ނޭނގޭނެ، ރަހަ ބަލައިލީމާ އެނގޭނީ،" އެ ރަސްމިއްޔާތުގައި ކޮފީ ރަހަ ބެލި މީހަކު ބުންޏެވެ.
މޫވެންޕިކް ކޮފީ ރާއްޖެ އަށް ތައާރަފް ކުރި އިރު، އެ ކުންފުނީގެ އައިސް ކްރީމަށް ވަނީ ބޭރުގެ ފަރާތްތަކޭ އެއްގޮތަށް ދިވެހިންގެ ލޯބި ވެސް ލިބިގެން ގޮސްފަ އެވެ.
މާލޭގެ ގިނަ ރެސްޓޯރަންޓުތަކަކަށް ސިމްޑީގެ އިލީ ކްރީމާ
ޔޫރޯއަށް އެކްސީޑުން ޑެލްޓާ ކޮފީމެޝިނުގެ އަގު ހެޔޮކޮށްފި
އެކްސީޑުން ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް ފަށައިފި
ޕޯޗުގަލްގެ އެންމެ މޮޅު ކޮފީ ޑެލްޓާގެ ޝޯރޫމެއް މާލޭގައި
ކުޑަކުޑަ އެސްޕްރެސޯ މެޝިނެއް، 100 ކެޕްސޫލް ހިލޭ
ދަރުބާރުގެއިން މިއަދު ލެވިސްޓާ ކޮފީ ހިލޭ ލިބޭނެ
ލެވިސްޓާ ކޮފީ ގަނެގެން ސައިކަލެއް
ގްލޯރިއާ ޖީންސް ކޮފީއާ އެކު ޕެވިލިއަން މިރޭ ހުޅުވަނީ
ޔޭޔޭ ކޮފީގެ ދެވަނަ ބުރުގެ ނަސީބުވެރިން ހޮވައިފި
ޔޭޔޭ ކޮފީގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި