Roadha Mihaaru
ޔޭޔޭ ކޮފީގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ލެޕްޓޮޕް ދީފި

11 އޮކްޓޯބަރ 2017

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމުގެ ގޮތުގައި ދޭން ނިންމި ލެޕްޓޮޕްތައް ހަވާލުކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމުގެ ގޮތުގައި ދޭން ނިންމި ލެޕްޓޮޕްތައް ހަވާލުކޮށްފި އެވެ.

"ސިޕް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ހޮވުނު 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ހަވާލުކުރީ ރޭ ބީއެޗްއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިދިޔަ މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 ފަރާތަކަށް ލެޕްޓޮޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ބީއެޗްއެމް އިން ބުނީ، ޕްރޮމޯޝަން ނިމޭއިރު އެއް މިލިޔަން ރުފިޔާގެ އިނާމް ދޫކުރެވޭނެ ކަމަށެވެ.

"ސިޕް އެންޑް ވިން"ގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ހަވާލު ކުރަނީ.

"ސިޕް އެންޑް ވިން"ގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ހަވާލު ކުރަނީ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް 50 ބޯނަސް އިނާމް ދެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދޭން ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަނުގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރުމުންނެވެ. ބީއެޗްއެމް އިން ބުނީ ގަންނަ ކޮންމެ 10 ޔޭޔޭ ކޮފީ ޕެކެޓަކަށް ލިބޭނީ އެއް ކޫޕަން ކަމަށާއި ބޮޑު ޕެކެޓެއް ގަތުމުން ފަސް ކޫޕަން ލިބޭނެ ކަމަށެވެ.