Roadha Mihaaru
ޔޭޔޭ ކޮފީގެ އަގު ބޮޑު ޕްރޮމޯޝަނެއް ފަށައިފި

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގައި އެއް މިލިއަން ރުފިޔާގެ އިނާމު ދެނީ

05 ސެޕްޓެމްބަރ 2017

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ސިޕް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަންގައި އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމު ދޫކުރާނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ.

މި މަހުގެ އެކަކުން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ދޭނެ އެވެ.

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް ބީއެޗްއެމް އިން ބުންޏެވެ.

ލެޕްޓޮޕްގެ އިތުރުން ކޮންމެ ދުވަހަކު 50 މީހަކަށް ބޯނަސް އިނާމުތަކެއް ދޫކުރެ އެވެ. އެ އިނާމުތަކުގެ ތެރޭގައި ޔޭޔޭ ކޮފީގެ ބޮޑެތި ޕެކެޓުގެ އިތުރުން ޓީޝާޓް ފަދަ ތަފާތު އިނާމުތައް ހިމެނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަނުގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރުމުންނެވެ. ބީއެޗްއެމް އިން ބުނީ ގަންނަ ކޮންމެ 10 ޔޭޔޭ ކޮފީ ޕެކެޓަކަށް ލިބޭނީ އެއް ކޫޕަން ކަމަށާއި ބޮޑު ޕެކެޓެއް ގަތުމުން ފަސް ކޫޕަން ލިބޭނެ ކަމަށެވެ.