Roadha Mihaaru
ޔޭޔޭ ކޮފީގެ ދެވަނަ ބުރުގެ ނަސީބުވެރިން ހޮވައިފި

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ދެވަނަ ބުރުގެ ނަސީބުވެރިން ހޮވައިފި

08 ނޮވެމްބަރ 2017

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވައި، ނަސީބުވެރިންނަށް ހޮވުނު މީހުންނަށް އިއްޔެ އިނާމު ދީފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވައި، ނަސީބުވެރިންނަށް ހޮވުނު މީހުންނަށް އިއްޔެ އިނާމު ދީފި އެވެ.

"ސިޕް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ދެވަނަ ބުރުގެ ނަސީބުވެރިންނަށް ހޮވުނު 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ހަވާލުކުރީ ބީއެޗްއެމް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

"ސިޕް އެންޑް ވިން"ގެ ދެ ވަނަ ބުރުގެ ނަސީބުވެރިއަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕެއް އިއްޔެ ހަވާލުކުރަނީ.

"ސިޕް އެންޑް ވިން"ގެ ދެ ވަނަ ބުރުގެ ނަސީބުވެރިއަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕެއް އިއްޔެ ހަވާލުކުރަނީ.

މިދިޔަ މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 މީހަކަށް ލެޕްޓޮޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ބީއެޗްއެމް އިން ބުނީ، ޕްރޮމޯޝަން ނިމޭއިރު އެއް މިލިއަން ރުފިޔާގެ އިނާމް ދޫކުރެވޭނެ ކަމަށެވެ.

ލެޕްޓޮޕްގެ އިތުރުން، ކޮންމެ ދުވަހަކު ވެސް 50 ބޯނަސް އިނާމް ދެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދޭން ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަނުގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރުމުންނެވެ. ބީއެޗްއެމް އިން ބުނީ ގަންނަ ކޮންމެ ޔޭޔޭ ކޮފީގެ 10 ޕެކެޓަކަށް ލިބޭނީ އެއް ކޫޕަން ކަމަށާއި ބޮޑު ޕެކެޓެއް ގަތުމުން ފަސް ކޫޕަން ލިބޭނެ ކަމަށެވެ.