Roadha Mihaaru
ދަރުބާރުގެއިން މިއަދު ލެވިސްޓާ ކޮފީ ހިލޭ ލިބޭނެ

ދަރުބާރުގެއިން މިއަދު ލެވިސްޓާ ކޮފީ ހިލޭ ލިބޭނެ

24 ފެބުރުއަރީ 2020

ދަރުބާރުގޭގައި ކުރިއަށްދާ ބިޒްނަސް އެކްސްޕޯގައި ލޮޓަސް ފިހާރައިން ބަހައްޓާފައި ހުރި ސްޓޯލުން މިއަދު ލެވިސްޓާ ކޮފީ ހިލޭ ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަރުބާރުގޭގައި ކުރިއަށްދާ ބިޒްނަސް އެކްސްޕޯގައި ލޮޓަސް ފިހާރައިން ބަހައްޓާފައި ހުރި ސްޓޯލުން މިއަދު ލެވިސްޓާ ކޮފީ ހިލޭ ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ދަރުބާރުގޭގެ ހަކުރާ މާލަމުގައި ހުރި ލޮޓަސް ފިހާރައިގެ ސްޓޯލުން މި ކޮފީ ހިލޭ ލިބޭނީ މިއަދު ހަވީރު 4 އިން ފެށިގެން މިރޭ 11:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސްޓޯލަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ލެވިސްޓާ ބްރޭންޑުގެ 100 ގްރާމުގެ "ސްޓްރޯންގް" އަދި "ޕްރިމިއަމް" ކޮފީ ދަޅެއް ލިބޭނެ އެވެ.

ލޮޓަސްގެ މި ސްޓޯލުން ލެވިސްޓާގެ އިތުރުން އެ ފިހާރައިން ވިއްކާ ތަފާތު ކާބޯތަކެތި ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ބިސްކޯލާޓާގެ ޗޮކްލެޓް ބިސްކޯދާއި ގެރީ ޗީޒް ބިސްކޯދާއި ސަރޯ ބްރޭންޑުގެ ފޯއް އަދި އޮބެސެސޯ ބްރޭންޑުގެ ކޮފީ ހިމެނެ އެވެ. ލޮޓަސް އަކީ މި ބްރޭންޑުތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެވެ.

ބިޒްނަސް އެކްސްޕޯގައި ލޮޓަސް ބައިކް ޝޮޕުގެ ސްޓޯލް-- ފޮޓޯ: ލޮޓަސް ބައިކް ޝޮޕް

ބިޒްނަސް އެކްސްޕޯގައި ލޮޓަސް ބައިކް ޝޮޕުގެ ސްޓޯލް-- ފޮޓޯ: ލޮޓަސް ބައިކް ޝޮޕް

މި ސްޓޯލުގެ އިތުރުން ލޮޓަސް ބައިކް ޝޮޕުން ވިއްކާ ސައިކަލުތައް ޑިސްޕްލޭ ކޮށްފައިވާ ސްޓޯލަކާއި ޖިންޖާ ބޭކްސްގެ ސްޓޯލެއް ވެސް ހަކުރާ މާލަމުގައި ހުންނާނެ އެވެ. ލޮޓަސް ބައިކްސް ސްޓޯލުން އެ ފިހާރައިން ލިބެން ހުރި އެންމެ ފަހުގެ ބެނެލީ ސައިކަލުތަކާއި އެއާ ބެހޭ މައުލޫމާތު ލިބޭނެ އެވެ. ބެނެލީ އަކީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ ކާމިޔާބު ކަމާއެކު ވިކުނު އެއް ބްރޭންޑެވެ.

ޖިންޖާ ބޭކްސްގެ މަޝްހޫރު ޓްރެސް ލެޗެސް: ޖިންޖާ ބޭކްސް

ޖިންޖާ ބޭކްސްގެ މަޝްހޫރު ޓްރެސް ލެޗެސް: ޖިންޖާ ބޭކްސް

ޖިންޖާ ބޭކްސް އަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ބޭކަރީއެކެވެ. މި ބޭކަރީން ތައްޔާރު ކުރާ ޝަރުބަތު ޓްރެސް ލެޗެސް ކޭކު މި އެކްސްޕޯގެ ތެރެއިން މިއަދު ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އެ ބޭކަރީގެ "މިސްޓީރިއަސް ބްލެކް ޓާޓް" ވެސް ޖިންޖާ ބޭކްސްގެ ސްޓޯލުން މިއަދު ލިބެން ހުންނާނެ އެވެ.