22 ނޮވެމްބަރ 2016
ނިއު ދިއްލީ (ނޮވެމްބަރު 22) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް މި މަހު 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލި ފަހުން މި މަހު 10 އާއި 18 އާ ދެމެދު 5.45 ޓްރިލިއަން ރުޕީސް (80 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.
ނިއު ދިއްލީ (ނޮވެމްބަރު 22) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް މި މަހު 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލި ފަހުން މި މަހު 10 އާއި 18 އާ ދެމެދު 5.45 ޓްރިލިއަން ރުޕީސް (80 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.
މި މަހު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން 500 އާއި 1،000 ރުޕީސްގެ ނޫޓް ބޭނުން ނުކުރެވޭނެކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެރޭ 8 ޖެހި އިރު އެވެ. އިންޑިއާ ސަރުކާރުން މި ފިޔަވަޅު އެޅީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާތައް ހޯދުމަށާއި ވަގު ފައިސާ އާއި މަނީ ލޯންޑްރިން ހުއްޓުވުމަށެވެ. ފައިސާ ބަދަލު ކުރަން ގިނަ ބަޔަކު އެއް ފަހަރާ ގިނަ ބަޔަކު ދާން ފެށުމުން ބޭންކުތަކާއި ޕޯސްޓް އޮފީސް އަދި އޭޓީއެމްތަކުގައި ވަނީ ދިގު ކިޔޫތައް ހަދައިފަ އެވެ. ބައެއް ބޭންކުތަކުން ފައިސާ ހުސްވާ އިރު އޭޓީއެމްތަކުން ވެސް ފައިސާ ނެގުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އޭޓީއެމުން ނެގެނީ ދުވާލަކަށް މީހަކަށް 2،500 ރުޕީސް އެވެ.
އާއްމުންގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން ރިޒާވް ބޭންކް އޮފް އިންޑިއާ އިން މިހާރު ވަނީ ބައެއް ލުއިތައް ދޭން ފަށައިފަ އެވެ. އޯވަޑްރާފްޓާއި ކޭޝް ކްރެޑިޓް އެކައުންޓްތައް ގެންގުޅޭ މީހުންނަށް ހަފުތާ އަކު 50،000 ރުޕީސް ނެގޭ ގޮތަށް އިއްޔެ އިން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ. ކުރިން އޮތް ގޮތުން ހަފުތާއަކު 50،000 ރުޕީސް ނެގެނީ ކަރަންޓް އެކައުންޓް ގެންގުޅޭ މީހުންނަށް އެކަންޏެވެ. މިއީ އިންޑިއާ އަށް ދަނޑުވެރި މޫސުމަށް ވުމުން ދަނޑުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރީގެ ނޫޓް ހަމައެކަނި ދަނޑުވެރިން ބޭނުން ކުރުމުގެ ހުއްދަ ވެސް މަރުކަޒީ ބޭންކުން މިހާރު ވަނީ ދީފަ އެވެ.
އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ ނޫޓަކީ އެ ގައުމުގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ. އާއްމުންގެ އަތުގައި ހުރި ފައިސާ ބަދަލު ކުރަން ވަނީ އަންނަ މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ. ބޭނުން ކުރުން ހުއްޓާލި ދެ ނޫޓުގެ ބަދަލުގައި މިހާރު ވަނީ އާ 500 އާއި 2،000 ރުޕީސްގެ އާ ނޫޓު ނެރެފަ އެވެ.
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި
މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކުތަކުން ފައިސާ ހުސްވެއްޖެ
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ
އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި
ބޮޑެތި ނޫޓުތައް ނަގަން ޖެހުނީ ސިއްރެއްގެ ގޮތުގައި:މޯދީ
500 އާއި 1،000 ރުޕީސް އުވާލަން ނިންމައިފި
އިންޑިއާގައި ކްރިޕްޓޯ މަނާކުރަން ތައްޔާރު ވަނީ