13 ނޮވެމްބަރ 2016
ނިއު ދިއްލީ (ނޮވެމްބަރު 13) - އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ އަދަދުތައް ކުއްލި އަކަށް އުވާލުން ބާއްވަން ޖެހުނީ އެއްވެސް ބަޔަކަށް ނާންގާ ސިއްރެގެ ގޮތުގައި ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީ (ނޮވެމްބަރު 13) - އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ އަދަދުތައް ކުއްލި އަކަށް އުވާލުން ބާއްވަން ޖެހުނީ އެއްވެސް ބަޔަކަށް ނާންގާ ސިއްރެގެ ގޮތުގައި ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
"އެއީ ހަމަ އެއްވެސް ބަޔަކަށް ނާންގާ ކުއްލިއަކަށް ކުރަންޖެހުނު ކަމެއް. އެހެން ނޫން ނަމަ މަގްސަދު ހާސިލެއް ނުވާނެ. އެކަމަކު މި ރަނގަޅު ފިޔަވަޅު މީހުން ބަލައިގެންފި،" މޯދީ ވިދާޅުވި އެވެ.
ކަޅު ފައިސާ އާއި ކޮރަޕްޝަން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅުއްވަފާނެ ކަމުގެ އިޝާތެއް މޯދީ ވަނީ ދެއްވައިފަ އެވެ.
އިންޑިއާގައި މިހާރު ބޭނުންކުރާ 500 އާއި 1،000 ރުޕީސް މިދިޔަ އަންގާރަ ދުވަހުގެ ރޭ 12 އިން ފެށިގެން އުވާލާކަން މޯދީ އިއުލާން ކުރެއްވީ އެރޭ 8 ޖެހިއިރު އެވެ.
ގައުމީ މަސްލަހަތަށް ޓަކައި ސަރުކާރުން އެޅި މި ފިޔަވަޅު ގަބޫލްކުރި ކަމަށްޓަކައި މޯދީ ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މި މަސައްކަތުގައި އެކަކު ވެސް އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވި އެވެ. ހަމައެކަނި ސަލާމަތްވާނީ ތެދުވެރިން ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާގައި އަލަށް ބޭނުންކުރަން ފަށާ 500 އާއި 2،000 ރުޕީސްގެ ނޫޓް. --ފޮޓޯ:އެންޑީޓީވީ
ކޮރަޕްޝަނާއި ވަގު ފައިސާ ބޭނުން ކުރުން ހުއްޓުމުގެ ބޭނުމުގައި މޯދީ މި އެޅުއްވި ފިޔަވަޅާ ގުޅިގެން ފައިސާ މާރު ކުރަން ގިނަ ބަޔަކު ވަނީ ބޭންކުތަކުގެ ބޭރުގައި ކިޔޫ ހަދައިފަ އެވެ.
ފިނޭންސް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވީ ބާ ނޫޓުތައް ބަދަލު ކުރުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ކުރީގެ ނޫޓު ބޭނުން ކުރުން ހުއްޓާލި ފަހުން މިވީ ހަތަރު ދުވަސްތެރޭ 30 ބިލިއަން ޑޮލަރު ބޭންކްތަކުގައި ޑިޕޮސިޓްކޮށްފައިވާ ކަމަށް ޖައިޓްލީ ވިދާޅުވި އެވެ. އިންޑިއާގެ ދައުރުވާ ފައިސާގެ 85 ޕަސެންޓަކީ 500 އާއި 1،000 ރުޕީސްގެ ނޫޓެވެ. ފައިސާގެ ބޮޑެތި ނޫޓުތައް ކުއްލިއަކަށް ނެގުމުން އެކަމުގެ އަސަރު ވަނީ ބައެއް ކުދި ވިޔަފާރިވެރިންނަށް ކޮށްފަ އެެވެ. އިދިކޮޅު ފަރާތްތަކުން ވެސް ދަނީ މި ފިޔަވަޅުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އަސަރު ކުރަމުންދާ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
ކުރީގައި ބޭނުން ކުރި ފައިސާގެ ދެ ނޫޓު ނެގުމަށް ފަހު މިހާރު ވަނީ 500 އާއި 2،000 ގެ އާ ނޫޓެއް ތައާރަފްކޮށްފަ އެވެ. ސަރުކާރުގެ އޮފިޝަލަކު ބުނީ އާ ޑިޒަައިނެއްގެ 1،000 ރުޕީސްގެ ނޫޓު ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށެވެ.
އިންޑިއާގައި ކުރިން ބޭނުންކުރި 500 އާއި 1،000 ރުޕީސްގެ ފައިސާ ބަދަލު ކުރަން ވަނީ 50 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޑިސެމްބަރު 30 ގެ ކުރިން ކޮންމެވެސް ސަބަބަކާ ހުރެ ފައިސާ ބަދަލު ނުކުރެވޭ މީހުންނަށް އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް ވަނީ އައިޑީގެ ޕްރޫފަކާ އެކު ފުރުސަތު ދީފަ އެެވެ.
ހަފުތާއެއްގެ ތެރޭ 5.45 ޓްރިލިއަން ރުޕީސް ޖަމާކޮށްފި
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު
އަވަށްޓެރި ގައުމުތަކަށް އިންޑިއާގެ ހަދިޔާ: ސެޓެލައިޓެއް
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި
މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކުތަކުން ފައިސާ ހުސްވެއްޖެ
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ
އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި
ފައިސާ މާރުކުރަން އިންޑިއާގެ ބޭންތަކުގައި ދިގު ކިޔޫތައް