25 ނޮވެމްބަރ 2016
ނިއު ދިއްލީ (ނޮވެމްބަރު 25) - ޑޮލަރާ އަޅާ ބަލާއިރު އިންޑިއަން ރުޕީސްގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް ހިނގައްޖެ އެވެ.
ނިއު ދިއްލީ (ނޮވެމްބަރު 25) - ޑޮލަރާ އަޅާ ބަލާއިރު އިންޑިއަން ރުޕީސްގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް ހިނގައްޖެ އެވެ.
އިންޑިއާގައި ބޭނުންކުރާ ބޮޑެތި އަދަދުތަކުގެ ނޫޓުތައް ކުއްލި ގޮތަކަށް ނެގި ފަހުން ފައިސާގެ އަގު ވަނީ ދަށަށް ދާން ފަށަައިފަ އެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ނުދާ ވަރަށް ރުޕީސްގެ އަގު ވަނީ އިއްޔެ ވެއްޓިފަ އެވެ. ޑޮލަރަކަށް އިއްޔެ ވަނީ 68.8425 ރުޕީސް ޖެހިފަ އެވެ. މިހާތަނަށް އެންމެ ބޮޑަށް ފައިސާގެ އަގު ވެއްޓިފައި ވަނީ އޮގަސްޓް 2013 ގަ އެވެ. އެ ފަހަރު ވަނީ 68.8450 ރުޕީސް އަށް އަގު ވެއްޓިފަ އެވެ.
އިންޑިއާގައި ބޭނުންކުރާ ފައިސާގެ އެންމެ ބޮޑު ދެ ނޫޓު ކަމަށްވާ 500 (7.50 ޑޮލަރު) އާއި 1،000 ރުޕީސް ވަނީ މި މަހު 8 ވަނަ ދުވަހުގެ ރޭ އުވާލައިފަ އެވެ. ސަރުކާރުން ބުނެފައި މި ފިޔަވަޅުގެ ސަބަބުން މީހުން ފޮރުވައިގެން ގެންގުޅޭ ފައިސާ ބޭންކިންގެ ރަސްމީ ނިޒާމުގެ ތެރެއަށް ވަންނާނެ ކަމަށެވެ. އަދި ވަގު ނޫޓާއި މަނީ ލޯންޑްރިން ވެސް ހުއްޓުވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފައިސާގެ އަގު ދަށަށް ދާން ފެށުމުން ރިޒާވް ބޭންކް އޮފް އިންޑިއާ އިން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އުވާލި ފައިސާގެ ބަދަލުގައި ވަނީ 500 އާއި 2،000 ރުޕީސްގެ އާ ނޫޓް ނެރެފަ އެވެ. އަދި ކުރީގެ ފައިސާ ބަދަލު ކުރަން ވަނީ އަންނަ މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ.
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި
މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކުތަކުން ފައިސާ ހުސްވެއްޖެ
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި
ހަފުތާއެއްގެ ތެރޭ 5.45 ޓްރިލިއަން ރުޕީސް ޖަމާކޮށްފި
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު
ކުރީގެ ނޫޓު ބަދަލުކުރަން ފަހު ފުރުސަތު މާޗުގެ ނިޔަލަށް
ފޭކް އެކައުންޓްތަކަށް އެއް ބިލިއަން ރުޕީސް ޖަމާކޮށްފި
29 ބިލިއަން ޑޮލަރުގެ ޓެކްސް ނުދައްކާ ކަމަށް ބުނެފި