11 ޑިސެމްބަރ 2016
ނިއު ދިއްލީ (ޑިސެމްބަރު 11) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސް ނޮވެމްބަރު 8 ވަނަ ދުވަހުން ފެށިގެން އުވާލި ފަހުން ދިއްލީގެ ބޭންކެއްގެ 44 ފޭކް އެކައުންޓަށް ކުރީގެ ނޫޓުގެ 100 ކްރޯޑް (އެއް ބިލިއަން ރުޕީސް) ޖަމާކޮށްފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނިއު ދިއްލީ (ޑިސެމްބަރު 11) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސް ނޮވެމްބަރު 8 ވަނަ ދުވަހުން ފެށިގެން އުވާލި ފަހުން ދިއްލީގެ ބޭންކެއްގެ 44 ފޭކް އެކައުންޓަށް ކުރީގެ ނޫޓުގެ 100 ކްރޯޑް (އެއް ބިލިއަން ރުޕީސް) ޖަމާކޮށްފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިންކަމް ޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން މިހާރު ދަނީ ބޭންކުގެ އޮފިޝަލުންނާ ސުވާލު ކުރަމުންނެވެ. ބޭންކުގެ އައިޓީ ޑިޕާޓްމަންޓުގެ ދެ މެނޭޖަރަކު ވަނީ ތަހުގީގަށް ބަންދު ވެސް ކޮށްފަ އެވެ. އެ ބޭންކަށް ވަނީ ނޮވެމްބަރު 8 ގެ ފަހުން 450 ކްރޯޑް ޖަމާކޮށްފި އެވެ.
ޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ޗެންނާއީގެ އެކި ގޭތަކުގައި ރައްކާކޮށްގެން ގެންގުޅެނިކޮށް 124 ކްރޯޑް (1420 މިލިއަން ރުޕީސް) އާއި 127 ކިލޯގެ ރަން ވެސް ހޯދައިފަ އެވެ. މީގެ ތެރޭގައި އަލަށް ނެރުނު ނޫޓުގެ 10 ކްރޯޑް (100 މިލިއަން ރުޕީސް) ވެސް ހިމެނެ އެވެ.
އިންޑިއާގައި އުވާލި ފައިސާ ރައްކާކޮށްފައި ހުއްޓާ ޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން އަދިވެސް ދަނީ ހޯދަމުން.
މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ އަލަށް ނެރުނު 2،000 ރުޕީސްގެ ނޫޓުގެ 85 ލައްކަ ރުޕީސް މީހެއްގެ އަތުން ހޯދައިފަ އެވެ. އަދި ގުޖުރާތުން ވެސް ވަނީ 2،000 ރުޕީސްގެ އާ ނޫޓުގެ 76 ލައްކަ ރުޕީސް މީހެއްގެ އަތުން ހިފަހައްޓައިފަ އެވެ. މީގެ އިތުރުން ކަރުނާޓަކާގެ ގެއެއްގެ ފާޚާނާގެ ތަށިމުށިތަކުގެ ދަށުގައި ފޮރުވާފައި ހުއްޓާ 5.7 ކްރޯޑް ރުޕީސް އާއި 32 ކިލޯގެ ރަން އިންކަމް ޓެކްސް ޑިޕާޓްމަންޓުން ވަނީ ހޯދައިފަ އެވެ.
އަލަށް ނެރުނު ފައިސާ ބަދަލު ކުރަން އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ މި މަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ. ކުރީގެ ނޫޓު އުވާލީ މަނީ ލޯންޑްރިން އާއި ކަޅު ފައިސާގެ ބާޒާރު ނިމުމަކަށް ގެންނަވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެމްޕޭން ވައުދާ ގުޅޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ. މޯދީ މީގެ ކުރިން ވަނީ ފޮރުވައިގެން މީހުން ގެންގުޅޭ ފައިސާ ޑިކްލިއާ ކުރުމަށް ސެޕްޓެމްބަރު މަހު ފުރުސަތު ދީފަ އެވެ. އެ މުއްދަތު ހަމަވިއިރު ވަނީ 673.8 ބިލިއަން ރުޕީސް ހޯދައިފަ އެވެ. އެ ފައިސާ އިން ވަނީ 45 ޕަސެންޓުގެ ޓެކްސް ނަގައިފަ އެވެ.
ކުރީގެ ދެ ނޫޓު އުވާލި ފަހުން މަސް ދުވަހު ތެރޭ 11.55 ލައްކަ ކްރޯޑް (170 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ވަނީ ބުނެފަ އެވެ. ންޑިއާ އިން މަނާކުރި ދެ ނޫޓަކީ އެ ގައުމުގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ.
ކުރީގެ ނޫޓު ބަދަލުކުރަން ފަހު ފުރުސަތު މާޗުގެ ނިޔަލަށް
29 ބިލިއަން ޑޮލަރުގެ ޓެކްސް ނުދައްކާ ކަމަށް ބުނެފި
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި
މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކުތަކުން ފައިސާ ހުސްވެއްޖެ
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ
ނުވަ މިލިއަން ރުޕީސް ހިފައިންގެ ބޭންކް ޑްރައިވަރު ފިލައިފި
އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި
ހަފުތާއެއްގެ ތެރޭ 5.45 ޓްރިލިއަން ރުޕީސް ޖަމާކޮށްފި