01 ޑިސެމްބަރ 2016
މުމްބާއީ (ޑިސެމްބަރު 1) - އިންޑިއާގައި ކުރިން ބޭނުންކުރި 500 އާއި 1،000 ރުޕީސްގެ ނޫޓް އުވާލުމަށް ފަހު މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކްތަކާއި އޭޓީއެމްތަކުން ފައިސާ ހުސްވެއްޖެ އެވެ.
މުމްބާއީ (ޑިސެމްބަރު 1) - އިންޑިއާގައި ކުރިން ބޭނުންކުރި 500 އާއި 1،000 ރުޕީސްގެ ނޫޓް އުވާލުމަށް ފަހު މުސާރަ ދިން ފުރަތަމަ ދުވަހު ބޭންކްތަކާއި އޭޓީއެމްތަކުން ފައިސާ ހުސްވެއްޖެ އެވެ.
އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ނޮވެމްބަރު މަހުގެ މުސާރަ ޖަމާކުރުމާ އެކު ދިގު ކިޔޫތަކުގައި ތިބުމަށް ފަހު ބޭންކުތަކުގެ ކައުންޓަރާ ހަމައަށް ފޯރުއިރު ފައިސާ ހުސްވުމުން ބައެއް މީހުން ވަނީ ރުޅިގަދަވެފަ އެވެ. ބޭންކުތައް ހުޅުވިތާ މާގިނައިިރެއް ނުވެ ފައިސާ ހުސްވުމުން އޭޓީއެމްތަކަށް ދިޔަ މީހުންނަށް ވެސް ފައިސާ ލިބޭ ގޮތެއް ނުވި އެވެ. ބޭންކުތަކުން ބުނީ މި މައްސަލަ ދިމާވީ އަލަށް ނެރުނު ނޫޓް އެކަށީގެންވާ ވަރަށް ލިބެން ނެތުމުން ކަމަށެވެ.
އިންޑިއާގެ ޗެންނާއީގައި މީހަކު ކުރީގެ ފައިސާ ބަދަލުކޮށް އާ ނޫޓް ނަގަނީ. --ފޮޓޯ:އޭއެފްޕީ
މުމްބާއީގެ ބޭންކެއްގެ އޮފިޝަލަކު ބުނީ މުސާރަ ދޭ ދުވަހު ފައިސާ ހުސްވުމުގެ މައްސަލަ ހައްލުވާން ދުވަސް ނަގާނެ ކަމަށެވެ. އެއީ އަލަށް ތައާރަފް ކުރި ނޫޓްތައް އެކަށީގެންވާ ވަރަށް މާކެޓުގައި ދައުރުވަންދެން ކަމަށް އޭނާ ބުންޏެވެ.
ބޭންކެއްގެ އެހެން އޮފިޝަލަކު ބުނީ އެ މީހުންނަށް ދުވާލަކު ލިބެނީ ބޭނުންވާ ފައިސާގެ 20 ޕަސެންޓް ކަމަށެވެ. ބޭންކު އޮފިޝަލުން ބުނީ މުސާރަ ދޭ ދުވަސްވަރު އޭޓީއެމްތަކަށް ޖަމާކުރުމަށް 8،000 އާއި 10،000 ކްރޯޑާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް މިހާރު ލިބެނީ 2،000 ކްރޯޑް ކަމަށް އޭނާ ބުންޏެވެ.
އަމްރިތުސަރުގެ ބޭންކަކުން ކުރީގެ ނޫޓް ބަދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ކުރީގެ ފައިސާ މަނާކުރުމުގެ ކުރިން އޭޓީއެމްތަކަށް 50 ލައްކަ ޖަމާކުރެ އެވެ. މިހާރު އޭޓީއެމްތަކަށް އަޅަނީ ފަސް ލައްކަ އެވެ.
ދެކުނު އިންޑިއާގެ ސްޓޭޓްތަކުގެ ބޭންކުތަކަށް ވެސް ވަނީ ފައިސާ ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފަ އެވެ. ދެކުނުގެ ބޭންކެއްގެ ސީއީއޯ ވިދާޅުވީ އެ ބޭންކަށް އިއްޔެ ލިބުނީ 40 ކްރޯޑް ކަމަށާއި މިއަދު ލިބުނީ 20 ކްރޯޑް ކަމަށެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ އިން ބުނެފައި ވަނީ ނޫޓުގެ ތާށިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޑިއާގައި މަނާކުރި ފައިސާ ބަދަލު ކުރަން ވަނީ މި މަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ. މަނާކުރި ދެ ނޫޓަކީ އިންޑިއާގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ.
އިންޑިއާގައި ނަގުދު ފައިސާ ލިބުން ދަތިވެފައިވާ އިރު ބައެއް އޭޓީއެމްތަކުން ގިނަ ވަގުތު ހުންނަނީ ފައިސާ ވެސް ހުސްވެފައި. --ފޮޓޯ:އޭއެފްޕީ
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ
އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކާ ގާތަށް ދަށަށް
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި
ހަފުތާއެއްގެ ތެރޭ 5.45 ޓްރިލިއަން ރުޕީސް ޖަމާކޮށްފި
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު
ފައިސާ މާރުކުރަން އިންޑިއާގެ ބޭންތަކުގައި ދިގު ކިޔޫތައް
ކުރީގެ ނޫޓު ބަދަލުކުރަން ފަހު ފުރުސަތު މާޗުގެ ނިޔަލަށް
ފޭކް އެކައުންޓްތަކަށް އެއް ބިލިއަން ރުޕީސް ޖަމާކޮށްފި