Roadha Mihaaru
ކުޅުދުއްފުށީގައި މާބަނޑުމީހެއްގެ އޯވަރީން ބޮޑު ސިސްޓެއް

ކުޅުދުއްފުށީގައި މާބަނޑު މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައިފި

06 ޖޫން 2021

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރައި ވިހަން ދިޔަ މާބަނޑު މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައި ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރައި ވިހަން ދިޔަ މާބަނޑު މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައި ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު ވިދާޅުވީ ރ. ހުޅުދުއްފާރުން ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެއްގެ ސްކޭން ހެދިއިރު ވާތްފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން އެނގުނު ކަމަށެވެ.

އެހެންވެ، މިިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ދެ ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނުގައި 24 ސެންޓިމީޓަރު ދިގު އަދި 20 ސެންޓިމީޓަރު ފުޅާ ސިސްޓެއް ނެގި އެވެ. އެކަން ކުރުމުގައި ތިން ޕައިންޓުގެ ލޭ އަޅަންޖެހުނު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މާބަނޑު މީހާގެ އޯވަރީން ނެގި ބޮޑު ސިސްޓު.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

މާބަނޑު މީހާގެ އޯވަރީން ނެގި ބޮޑު ސިސްޓު.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

އެ އޮޕަރޭޝަން ކުރެއްވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު، ޑރ. ލުތުފީ ބާޝާ އެވެ.

"މަންމަ އާއި ދަރިފުޅު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި،" ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ތަނެއްގައި ކުރި މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.