03 ޖޫން 2021
މެޗެއް ނުކުޅެ 56 ދުވަސް ހޭދަވި އެވެ. ސީޒަން ފެށި ފަހުން 121 ދުވަހުގެ ތެރޭގައި ކުޅެވުނީ އެންމެ 14 މެޗެވެ. ސީޒަން އަލުން ފެށުމާއި ލީގު މެދުކަނޑާލަށް ޖެހުމާ އެކު ޕްރީ ސީޒަން ޓްރެއިނިންގެ ގޮތުގައި ވެސް ހޭދަވީ 56 ދުވަހެވެ. ކޮވިޑް-19 އާ ގުޅިގެން ޕްރެކްޓިސް ނުކުރެވި 25 ދުވަސް ހޭދަވި އެވެ. މިއީ ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެ ޓީމުގެ ސީޒަން ހުލާސާ ކުރަން ހެދި ހިސާބެވެ. މި ހިސާބުން ދައްކާ ނަތީޖާ އަކީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު މައްސަލަ އެކެވެ.
މެޗެއް ނުކުޅެ 56 ދުވަސް ހޭދަވި އެވެ. ސީޒަން ފެށި ފަހުން 121 ދުވަހުގެ ތެރޭގައި ކުޅެވުނީ އެންމެ 14 މެޗެވެ. ސީޒަން އަލުން ފެށުމާއި ލީގު މެދުކަނޑާލަށް ޖެހުމާ އެކު ޕްރީ ސީޒަން ޓްރެއިނިންގެ ގޮތުގައި ވެސް ހޭދަވީ 56 ދުވަހެވެ. ކޮވިޑް-19 އާ ގުޅިގެން ޕްރެކްޓިސް ނުކުރެވި 25 ދުވަސް ހޭދަވި އެވެ. މިއީ ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެ ޓީމުގެ ސީޒަން ހުލާސާ ކުރަން ހެދި ހިސާބެވެ. މި ހިސާބުން ދައްކާ ނަތީޖާ އަކީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު މައްސަލަ އެކެވެ.
މިދިޔަ ސީޒަންގައި ވެސް ވީ މިކަހަލަ ގޮތެކެވެ. ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ކްލަބު ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަ ކުރި އެވެ. މިދިޔަ ސިޒަން ނިންމާލީ އެފްއޭކަޕްގެ ސެމީ ފައިނަލު ކުރިމަތީގައި ވަނިކޮށެވެ.
ފުރަތަމަ ޑިވިޝަންގެ އެއްވެސް މެޗެއް މި ސީޒަންގައި ދެން ނޯންނާނެ އެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުން ނިންމާލީ، ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި އަތް ވެސް ނުލަ އެވެ. ލީގުގެ ޗެމްޕިއަން މާޒިޔާއަށް ލީގު ކަށަވަރުވީ ލީގު އަލުން ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތިގެންނެވެ. ގައުމީ ޓީމު މެޖޯރިޓީ ކުޅުންތެރިން ހިމެނޭ މާޒިޔާއަށް ސީޒަންގައި ކުޅެން ލިބުނީ 15 މެޗެވެ. އެންމެ ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ އީގަލްސްއަށް 16 މެޗެވެ.
"މިއީ ފުޓްބޯޅަ ސީޒަނެއް ކުރިއަށްގެންދަން ބޭނުންވާނެ ގޮތެއް ނޫން،" ސާންތީ "މިހާރު" އަށް ބުންޏެވެ. "ފުޓްބޯޅައިގައި އަންނަން ޖެހޭ ޑިވެލޮޕްމަންޓް ގެނެވޭނީ. މަދުވެގެން ނުވަ މަސް ދުވަހު ކްލަބު ފުޓްބޯޅަ ކުޅެގެން."
ޔުނައިޓެޑް ވިކްޓަރީގެ ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި
ޒުވާން ކުޅުންތެރިން ރެކްރޫޓް ކުރަން އިސްކަން ދޭ ސާންތީ ދެކޭ ގޮތުގައި، އާ ކުޅުންތެރިންގެ ފެންވަރު މަތިކުރެވޭނީ ވެސް ވާދަވެރި ގިނަ މެޗުތަކެއް ކުޅެން ލިބިގެންނެވެ. އެ ފުރުސަތު ކްލަބު ފުޓްބޯޅައިގެ ތެރެއިން ނުލިބޭ ނަމަ އެކަމުގެ އަސަރު މުޅި ފުޓްބޯޅައަށް ކުރާނެ ކަމަށް ސާންތީ ދެކެވެ.
ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން، ޖަނަވަރީ 2020 ގައި ރާއްޖޭގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު، އޭނާގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ބުނެފައި ވަނީ، ކުޅުންތެރިން ޑިވެލޮޕްކުރާނީ ކްލަބުތަކުގެ ކޯޗުން ކަމަށެވެ.
"އަރޫބާގައި މަސައްކަތްކުރިއިރު ވެސް އެ މީހުން ބުނާނެ، ކޯޗު މަސައްކަތްކުރަން ޖެހޭނެޔޭ ކުޅުންތެރިޔާ މޮޅުކުރަން،" ކޫޕްމަން އޭރު ބުނެފައި ވެ އެވެ. "އެހެންނަމަވެސް ކުޅުންތެރިން މޮޅު ބަޔަކަށް ހަދާނީ ކުލަބުތަކުގެ ކޯޗުން، ކުޅުންތެރިން ކޮންމެ ދުވަހަކު ނުވަތަ ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރަނީ ކުލަބުތަކުގެ ކޯޗުންނާއެކު، ކުޅުންތެރިޔާ މޮޅު ބަޔަކަށް ހެދުމަކީ ކުލަބުތަކުގެ ކޯޗުން ކަމެއް، (ކުޅުންތެރިން ނެގުމުގައި) އަހަރެމެން ރަނގަޅު ސިސްޓަމެއް ގެންގުޅޭނަން، ނަމަވެސް ކުޅުންތެރިން ޑިވެލޮޕްކުރަން މަސައްކަތް ކުރަން ޖެހޭނީ ކުލަބުތަކުން."
ޔުނައިޓެޑް ވިކްޓަރީގެ ފޯވަޑް އަހްމަދު ނާމް އާއި ޑިފެންޑަރު އަޒީމް، ޔޫވީން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔަކީ އަޒީމް
ކޫޕްމަން އޭރު ދެއްކި އެ ވާހަކައަށް ތާއީދު ކުރާކަން ހާމަކޮށް، ސާންތީ އޭރު ވަނީ ކޫޕްމަން ބުނެފައިވާ އެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ވެސް ކޮށްފަ އެވެ.
ނަމަވެސް، ކްލަބުތަކުގެ ފުޓްބޯޅަ ސީޒަން ހުއްޓާލަން ޖެހި މިހެން ދިމާވަމުން ދިއުމަކީ ގައުމީ ޓީމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރި ކަމެކެވެ. ކުޅުންތެރިންނަށް ދަނޑުގައި ޕްރެކްޓިސް ކުރަން ނުލިބި، ޓީމާ ގުޅުނު އިރު ކުޅުންތެރިންގެ ފިޓްނަސްއަށް އަސަރުކޮށްފައިވާ ކަމަށް ކޫޕްމަން ބުންޏެވެ. އެހެންވެ އޭނާގެ ފިޓްނަސް ކޯޗް ގާހާޑް ވާމިންކްގެ ޒިންމާ ބޮޑުވި އެވެ. ނަމަވެސް އޭނާ ފަރުމާކުރި ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން ކުރިއެރުން އަންނަމުން ދިޔަ އެވެ.
ސީޒަން މެދުކަނޑާލިއިރު އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ކްލަބަކީ، ޔުނައިޓެޑް ވިކްޓަރީ ކަމަށް ސާންތީ ބުންޏެވެ. ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅުގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ކްލަބަކީ، ޔޫވީ އެވެ. އެ ފޯމުގައި އެ ކުޅުންތެރިން ތިއްބައި ކުއްލިއަކަށް ކުޅުން މެދުކަނޑާލަން ޖެހުމުން އެ ކުޅުންތެރިންނަށް އަސަރު ކުރި އެވެ.
ބިދޭސީ މޮޅު ކުޅުންތެރިންނެއް މިހާރަކު ނުހޯދޭ: ސާންތީ
ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމަށް ސާންތީ އެހީވަނީ
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް