ބާސެލޯނާ (31 މެއި) - މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.
ބާސެލޯނާ (31 މެއި) - މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.
ބާސާ އިން ވަނީ މިރޭ އަގުއޭރޯ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފަ އެވެ.
އެކަމަކު އަގުއޭރޯ ރަސްމީކޮށް ބާސާގެ ކުޅުންތެރިއަކަށް ވާނީ ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް ހަމަވުމުންނެވެ. ސިޓީއާއެކު އަގުއޭރޯ މިހާރު ހަދާފައިވާ ކޮންޓުރެކްޓް ޖޫން މަހުގެ ނިޔަލަށް ދެމި އޮންނާނެ އެވެ.
އަގުއޭރޯ، 32، ބާސާ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ބާސާ އިން ބުނީ އެ ކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓްގައި 100 މިލިއަން ޔޫރޯ (122 މިލިއަން ޑޮލަރު)ގެ "ރިލީޒް ކްލޯސް"އެއް ހިމަނާފަައިވާނެ ކަމަށެވެ.
އަގުއޭރޯ ބާސާގެ ޖޯޒީގައި. -- ފޮޓޯ / އޭއެފްޕީ
ސިޓީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އަގުއޭރޯ މި ސީޒަނަށް ފަހު އެ ކްލަބާ ވަކިވާނެ ކަމަށް އިއުލާންކުރީ މާޗު މަހެވެ. ސިޓީގެ ޖޯޒީގައި އަގުއޭރޯ ކުޅުނު ފަހު މެޗަކަށްވީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އެވެ. ޗެލްސީ އަތުން ސިޓީ ފައިނަލްގައި ބަލިވިއިރު، އަގުއޭރޯ އެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތެވެ.
"ބާސެލޯނާ އަކީ ދުނިޔޭގެ އެއްވަނަ ކްލަބުކަން އެންމެން ވެސް ގަބޫލްކުރާނެ،" ބާސާ އަށް ސޮއިކުރުމަށް ފަހު އަގުއޭރޯ ބުންޏެވެ. "މި ކްލަބާ ގުޅުމަކީ އަހަރެންގެ ކެރިއަރަށް މުހިންމު ނިންމުމެއް."
އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އޭނާ ވަނީ 15 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި އެ ކްލަބަށް ކުޅުނު 390 މެޗުގައި އޭނާ ވަނީ 260 ލަނޑު ޖަހައިފަ އެވެ. -- އޭއެފްޕީ
ބާސާއާ ޖެހުނީމަ ރެފްރީންނަށް ގޯސް ހެދެންވީ ކީއްވެ؟
ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި
ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"
ބާސާގެ ޓީމަށް ދަނޑުމަތީގައި ދެއްކުނީ 50 ޕަސަންޓް
ޓާސްޓެގަންއަށް ފިޔަވަޅު އަޅަން ބާސާއިން މައްސަލަ ބަލަނީ
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ