އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.
31 މެއި 2021
އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.
އުރީދޫން ބުނީ މި އެޑްއޮންތައް އެ ކުންފުނީގެ ސުޕަނެޓް އާއި ފަސޭހަ ހޯމް ބްރޯޑްބޭންޑް އަދި މައިފައި ބޭނުން ކުރާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އޮންލައިން ކްލާސްތައް ކުރިއަށްގެންދަން އަލަށް މައިފައި ޕެކޭޖު ނަގާ ޓީޗަރުންނާއި ދަރިވަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫން ތައާރަފު ކުރި މި ޕެކޭޖުތަކުގެ ދަށުން ހިލޭ ޑޭޓާ އާއި އެޑްއޮންތައް އެ ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމުތަކުން ނެގޭނެ އެވެ. މި ޕެކޭޖުތަކާ ގުޅޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނާއި ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
- އީޑީޔޫ 7 ޖީބީ: 35ރ.
- އީޑީޔޫ 15 ޖީބީ: 90ރ.
- އީޑީޔޫ 30 ޖީބީ: 200ރ.
މި އެޑް-އޮން ޕެކޭޖުތައް މެދުވެރިކޮށް ގޫގުލް މީޓް އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަދެވޭނެ އެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ގޭގައި ތިބެގެން ޑިޖިޓަލްކޮށް ހިދުމަތް ހޯދަން ޖެހިފައިވާ ވަގުތެއްގައި ހުރިހާ ދަރިވަރުންނަށް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން އުރީދޫއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޖުތަމައުގެ ކުރިއެރުމަށް އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ގޭގައި މަޑުކޮށްލަން ޖެހިފައިވާ މި ދަނޑިވަޅު ހުރިހާ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބިމުކީ މުހިންމުކަމެއްގައި. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮންލައިންކޮށް ކިޔެވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނަޖީބު ޚާން ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވައިދޭން ފެށީއްސުރެ، އުރީދޫން އަންނަނީ ދަރިވަރުންނާއި ޓީޗަރުންނަށް އެހީވުމަށް ހިލޭ ޑޭޓާ ފޯރުކޮށްދެމުންނެވެ. އަދި އެޗްޕީއޭއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެންވެސް އެ ކުންފުނިން އަންނަނީ މި ދުވަސްވަރު ރައްޔިތުންނަށް އެހީވަމުންނެވެ.
ސްޓެމް ފެއާ ތަފާތު؛ އެއްވަނަ އިސްކަންދަރަށް
ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދޭން މަޝްވަރާކުރަނީ
"އުރީދޫ ސްމާޓް ކެމްޕަސް" ތައާރަފްކޮށްފި
އުރީދޫން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ
ކްލަބް ޕްރިިމިއާ ކަސްޓަމަރުންނަށް ނަސަންދުރާއިން އޮފާއެއް
އުރީދޫ ކަލަންޑަރުން ރަންނަމާރި އާއެކު ޗެޓުކޮށްލެވޭނެ
އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލަން މުދާ ހުސްކުރަނީ
އިމާރާތެއް ހަމަނުޖެހުމުން ސްކައުޓްގެ އޮފީސް ބަންދު
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
ރަތްކަނޑުގެ ކޭބަލް ކެނޑުނަސް އިންޓަނެޓަށް ބުރުލެއްނާރާ